back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

”ބުރުނު ބޮމަ“ގައި ބައިވެރިވި ޓީމުތައް މާލެއިން ފުރައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ ”ބުރުނު ބޮމަ“ގައި ބައިވެރިވި ޓީމުތައް މާލެއިން ފުރައިފިއެވެ.

މި މުބާރާތުގައި ޖުމުލަ 9 ޓީމު ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ، ސައިރެން އޮފް ދަ ސީ، ކެޕްޓަން ބޯޓު ކުލަބް، ސައިލެންޓް ހަންޓާ، ބަރޮސް މޯލްޑިވްސް، އިފުރު، ޓީމް ދުބާއީ، މަލަހިނި، ޝުރޫނޯ އަދި ޑޭޝް މޯލްޑިވްސް އެވެ.

މާލެއިން އެންމެ ފަހުން ފުރާފައި ވަނީ ޓީމް ޝުރޫނޯއެވެ. އެޓީމް މާލެއިން ފުރީ މިރޭ އިރުއޮއްސި 6:30 ހާއިރުގައެވެ.

މުބާރާތުގައި ބައިވެރިވާ އެހެން ޓީމުތައް ވެސް ވަނީ މިއަދުގެ އެކި ވަގުތުތަކުގައި މާލެއިން ފުރާފައެވެ.
މިމުބާރާތް ފަށާނީ މިރޭ ފަތިހު 5:00 ގައެވެ. މުބާރާތުގެ މަސްބޭނުން ކުރިޔަށް ދާނީ، މެއި 4 ވަނަ ދުވަހުގެ އިރު އޮއްސި 6:00 އާއި ހަމައަށެވެ.

މެއި މަހުގެ 4 ވަނަ ދުވަހާއި ހަމައަށް މިމުބާރާތް ކުރިޔަށްދާއިރު، މުބާރާތުގެ 1 ވަނަ ޓީމަށް 25000$ ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

އިންޓަރނޭޝަނަލް ޓީމުތަކަށާއި ރާއްޖޭގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ލޯންޗުކޮށްފައި ވަނީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. މިއީ ބައިނަލްއަޤުވާމީ ޓީމުތަކަށްވެސް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ، ސްޕޯޓްސް ފިޝިންގެ އެންމެ ބޮޑު މުބާރާތެވެ. މިމުބާރާތް ރާވައި އިންތިޒާމް ކުރަނީ، މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ގެ ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިންނެވެ.

މިލިޔުމާއި ގުޅޭ