back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއިން ވައިކަރަދޫގައި ނިޔަމިކަމުގެ ކޯސް-2 ހިންގަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ”ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް“ އިން ހދ. ވައިކަރަދޫގައި ނިޔަމިކަމުގެ ސެޓްފިކެޓް-2 ކޯހެއް ހިންގަން ނިންމައިފި އެވެ.

އެމްއެންޔޫއާއި ވައިކަރަދޫ ކައުންސިލް ގުޅިގެން ހިންގުމަށް ނިންމާފައިވާ މިކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ  މިމަހުގެ 18 އިން 22 އަށް ވައިކަރަދޫގަ އެވެ. މި ކޯހުގެ ކިޔެވުން ޖުމްލަ 30 ގަޑީއިރަށް ކުރިޔަށްގެންދާއިރު، ކޯހުގެ ފީއަކީ، 13،00 ރުފިޔާ އެވެ.

މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ކޯހަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މެއި 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށް އެދިފައި ވެއެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފޯމް ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި ފޯމް ފުރާލުމަށްފަހު ކޯސް ފީ ބޭންކް މެދުވެރިކޮށް ޓްރާންސްފަރކޮށްލެވޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

“ ކޯސް ފީ ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7706700278004 (1307 ޚަރަދު 2) އަށް ޓްރާންސްފަރ ކުރުމަށްފަހު 7540046 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެން. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ރިމާރކްސްގައި، ބައިވެރިވާ ފަރާތުގެ ނަމާއެކު ނިޔަމި ކޯހުގެ ފީ ކަން އެނގޭނެހެން ލިޔުއްވުން އެދެން.“ ކައުންސިލުން ބުނެފައި ވެއެވެ.

ކޯސް ކުރިއަށް ގެންދެވޭނީ ހުރިހާ ބައިވެރީންގެ ކޯސް ފީއާއި ފޯމްތައް ލިބި ރެޖިސްޓްރީ ވުމަށް ފަހުގައި ކަމަށާއި، ކޯސް ބޭއްވޭނީ މަދުވެގެން 15 ބައިވެރިން ހަމަވުމުން ކަމަށް ވައިކަރަދޫ ކައުންސިލުން ބުންޏެވެ.

މިލިޔުމާއި ގުޅޭ