ގެއްލިގެން ހޯދަމުން ދިޔައީ ގދ.ގައްދޫން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ”ކަށި ވާލި“ (ބްރިލިއަންޓް ކެރިއަރ) ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. އިއްޔެ އެދޯނި ހޯދަން އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އިން ފެށީ، އެ ދޯނީގެ ޚަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ.
ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިޔަށްގެންދިޔައީ ކަމާބެހޭ ފަރާތްތަކާ ގުޅިގެންނެވެ. އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން އެ ދޯނި ހޯދާފައި ވަނީ އެޕްރީލު 29 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު އެވެ. ދޯނި ފެނުނީ ގއ.ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ. އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ހުއްޓިފައިވާކަމަށާއި، ދޯނީގެ ވެރިފަރާތާ ގުޅިގެން ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
މިހާދިސާ ހިނގިއިރު ދޯނީގައި 5 މީހުން ތިއްބެވެ.، އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.