back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު އިންޑިއާގެ ސީއައިއައިއާ ހިއްސާކޮށްފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި، އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު އިންޑިއާގެ ކޮންފަޑޭރޭޝަން އޮފް އިންޑީއަން އިންޑަސްޓްރީ(ސީއައިއައި) އާ ހިއްސާކޮށްފި އެވެ.

ރާއްޖެ ވަޑައިގެން އުޅުއްވާ ސީއައިއައިގެ ވަފްދަށް ޚާއްސަކޮށްގެން މިއަދު މީރުމާ ހޮޓެލްގައި ބޭއްވި ”އިންވެސްޓްމެންޓް އިންފޮމޭޝަން ފޯރަމް“ ގައި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބައިވެރިވަޑައިގެންނެވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފް އަދި ޑިރެކްޓަރ އަހްމަދު ޝިފާޒް އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އަދި ކަމާ ގުޅުންހުރި ރާއްޖޭގެ އެހެނިހެން އިދާރާތަކުންވެސް ބައިވެރިވި މި ފޯރަމްގައި ފިޝަރީޒް މިނިސްޓްރީން ބައިވެރި ބޭފުޅުން ވަނީ ރާއްޖޭގެ މެރިކަލްޗަރ ސިނާއަތާއި، މަސް ޕްރޮސެސް ކުރުމުގެ ވަސީލަތްތަކާއި ޓެކްނޯލޮޖީ އަދި ސްޕޯޓްސް ފިޝިން މެރީނާ ތަރައްގީކުރުމުގެ މަޝްރޫއުތަކުގައި، އިންޑިއާގެ އިންވެސްޓަރުންނަށް ނުވަތަ އިންޑިޔާގެ ވިޔަފާރިތަކަށް އިންވެސްޓް ކުރެވެންހުރި ފުރުސަތުތައް ހިއްސާކޮށް، އިންވެސްޓްކުރުމަށް ކުރިޔަށްގެންދަން ޖެހޭ މަރުހަލާތައް ސާފުކޮށްދެއްވާފަ އެވެ.

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަޞީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށްދިނުމަކީވެސް މީގެތެރެއިންކުރެވޭ މަސައްކަތެކެވެ. އެހެންކަމުން މިކަމާގުޅޭ މައުލޫމާތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ އެކި ވިޔަފާރި ހަރަކާތްތަކުގައާއި، ރާއްޖެ ތަމްސީލު ކުރާ ބައިނަލްއަގުވާމީ މަންސަތަކުގައިވެސް ދަނީ ހާމަކުރަމުންނެވެ.

މިލިޔުމާއި ގުޅޭ