back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިން ނަގާ ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ޖެހޭނީ އާމުދަނީ ލިބޭ މިންވަރަށް ބަލައިގެން: ޝަރީފް

މަސްވެރިންނަށް ބީއެމްއެލްއިން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމުގައި، ބޭންކުން ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ފިޝަރީޒް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، މަސްވެރިން ނަގާ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނީ، މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއި އެކު މަސްވެރިންނަށް ލިބޭ އާމުދަނީގެ މައްޗަށް ބަލައިގެން ކަމަށެވެ. މިގޮތުން އަހަރު ތެރޭގެ އެކި މަސްތަކުގައި ލޯނު އަނބުރާ ދެއްކުމަށް ދައްކަންޖެހޭ އަދަދު ތަފާތުވާނެ ކަމަށާއި، އެކަން ބިނާވާނީ މަސްވެރިންނަށް އާމުދަނީ ލިބޭ މިންވަރުގެ މައްޗަށް ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.

“ އެކި ވަޒީފާތައް އަދާކުރާ މީހުންނާއި އެއްގޮތަށް، މަސްވެރިންނަށްވެސް ބޭންކުން ދޫކުރާ ހުރިހާ ކްރެޑިޓް ފެސިލިޓީތައްވެސް ލިބޭނެ. ރަހުނަކާއި ނުލައި އަދި އިކުއިޓީއަކާއި ނުލައި، ތިންލައްކަ ރުފިޔާ އާއި ހަމައަށް ޕަރސަނަލް ފައިނޭންސިން ނުވަތަ ލުއިލޯނު ލިބޭނެ.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ގެދޮރުގަތުމާއި ގެދޮރު އިމާރާތް ކުރުގެ މަސައްކަތްތަކަށްވެސް މަސްވެރިންނަށް ބޭންކުން ލޯނު ދޫކުރާނެ ކަމަށާއި، ކްރެޑިޓްކާޑުފަދަ ގިނަ ޚިދުމަތްތައްވެސް ލިބިގެންދާއިރު، މަސްވެރިންގެ ދަރިން މަތީ ތަޢުލީމު ޙާސިލްކުރުމަށްވެސް ފައިނޭންސް ލިބޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ބޭންކަކުން ޕްރޮފެޝަނަލް ދާއިރާގައި މަސައްކަތްކުރާ އަދި ދާއިމީ ވަޒީފާ އަދާކުރާ މީހުންނަށް ލޯނު ދޫކުރާފަދައިން ލޯނާއި ފައިނޭންސް މަސްވެރިންނަށް ދޫކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

އެހެން ވަޒީފާތައް އަދާކުރާ މީހުންނާއި މަސައްކަތްތައް ކުރާ މީހުންނެކޭ އެއްގޮތަށް މަސްވެރިންނަށް، ބޭންކުތަކުން ލޯނު ނުދޫކުރާތީ އެކަމުގެ ޝަކުވާތައް މިހާތަނަށްވެސް މަސްވެރިން އައީ ކުރަމުންނެވެ. އަދި އެކަމަށް ޙައްލެއް ހޯއްދަވައި ދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި މަސްވެރިންނަށް ވެވަޑައިގެންފައިވާ މުޙިއްމު ވަޢުދެކެވެ.

މިލިޔުމާއި ގުޅޭ