back to top
28.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ނިޔަމި ކޯސް-2ގެ އާ ބެޗެއް މާލޭގައި ފަށަނީ

”ނިޔަމިކަމުގެ ކޯސް-2“ ގެ އާ ބެޗެއް މާލޭގައި ފަށަން ނިންމާފައިވާކަމަށް މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ބުނެފި އެވެ.

މި ކޯސް ފަށަން ހަމަޖެހިފައިވަނީ،  އަންނަ މެއި މަހުގެ 4ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައެވެ. އެމްޓީއައިއިން މިހާރު ވަނީ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެއެވެ. އަދި [email protected] އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެއެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް(30 ގަޑީއިރު)ގެ މުއްދަތަކަށް ކުރިޔަށްގެންދާ މި ކޯހުގެ އަގަކީ 2،500 ރުފިޔާ އެވެ. ކޯހުގެ ބައިވެރިންނަކީ، ކިޔަވައިދޭ ތަކެތި ފަހުމުވުމާއެކު، އިނގިރޭސި އަދި ދިވެހިން މުއާމަލާތްކުރުމުގެ ގާބިލުކަން ހުންނަ ކޮންމެ ފަރާތަކަށްވާން ޖެހޭނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މިކޯހުގައި ނެވިގޭޝަން، ކޮމިއުނިކޭޝަން، އަދި އާންމު ދޯނިތަކުގެ މައުލާމާތު ހިމެނޭ ބައިތައް އުނގަންނައިދިނުމަށް ހަމަޖެހިފައި ވެއެވެ.

މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ އެތަކެއް ކޯސްތަކެއް ހިންގަ އެވެ. އޭގެތެރޭގައި، ސައިބަރ ސެކިއުރިޓީއާއި، އާޓިފިޝީއަލް އިންޓެލިޖެންސާއި، އިލެކްޓްރިކަލް އިންސްޓޮލޭޝަން ކޯސްތައް ހިމެނެއެވެ.

މިލިޔުމާއި ގުޅޭ