back to top
28.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބުރުނުބޮމައިގައި ބައިވެރިވާ ޓީމްތައް ތައާރަފްކޮށްފި

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ ”ބުރުނު ބޮމަ“ގައި ބައިވެރިވި ޓީމުތައް ތަޢާރަފްކޮށްފި އެވެ.

ޓީމުތައް ތަޢާރަފްކޮށްފައި ވަނީ، ރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ޚާއްޞަ ހަރަކާތްތަކުގެ ތެރެއިންނެވެ.

މި މުބާރާތުގައި ޖުމުލަ 9 ޓީމު ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ، ސައިރެން އޮފް ދަ ސީ، ކެޕްޓަން ބޯޓު ކުލަބް، ސައިލެންޓް ހަންޓާ، ބަރޮސް މޯލްޑިވްސް، އިފުރު، ޓީމް ދުބާއީ، މަލަހިނި، ޝުރުނޯ އަދި ޑޭޝް މޯލްޑިވްސް އެވެ. ރޭގެ ހަރަކާތްތައް ކުރިޔަށް ގެންދިޔައީ، ބިދަބިންގެ ބޮޑުބެރު ހަރަކާތްތަކާއި އެކު، ބޮޑުމަސް ބޭނުމުގެ ހަރަކާތެއްވެސް ހިމަނައިގެންނެވެ.

ރޭގެ އިވެންޓުގައި، ސްޕޯޓް ފިޝިންގގެ ގްލޯބަލް އެމްބެސެޑަރު، ފްލައި ނަވާރޯވެސް މި މުބާރާތައި ގުޅޭ ގޮތުން ދީފައިވާ ބަސްދީ ގަތުމެއްވެސް ދެއްކިއެވެ. އަދި  އިވެންޓްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށް ފެންވަރު ރަނގަޅު މަސްބާނާ ދޮއްޓެއްވެސް ވަނީ ދީފައެވެ.

އިންޓަރނޭޝަނަލް ޓީމުތަކަށާއި ރާއްޖޭގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ލޯންޗުކޮށްފައި ވަނީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. މިމުބާރާތް ކުރިޔަށްދާނީ، މެއި މަހުގެ 2 ވަނަ ދުވަހުގެ ފަތިހު 5:00 އިން ފެށިގެން، މެއި މަހުގެ 4 ވަނަ ދުވަހުގެ އިރުއޮއްސި 18:00އަށެވެ.

މިލިޔުމާއި ގުޅޭ