back to top
28.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިޔަރު ހަމަލާދިނުމުން ޒަޚަމްވި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

މިމަހުގެ 19 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީ ފަރުގެ އުރަފަށް ކައިރިއަށް މަސްހިފަން ފައިބައިގެން އުޅެނިކޮށް ޒަޚަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައި ހޮސްޕިޓަލުން ބުނެފިއެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެމީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ފަރުވާދެމުން އަންނަނީ ވޯޑުގައި ބާއްވައިގެން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގި މިހާދިސާގައި ޒަޚަމްވީ، ހދ. ކުޅުދުއްފުށީ، ކަލި، ހާމިދު ޢަބްދުލްވައްޙާބުއެވެ. އޭނާއަށް މިޔަރު ހަމަލާދިނީ، އިތުރު ބަޔަކާއި އެކު މަސްހިފަން މޫދަށް ފޭބިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

މިޔަރު ދަތްއެޅުމުގެ ސަބަބުން އޭނާގެ އަތާއި ކޮނޑާއި އަރިކަށިމަތި ވަރަށް ބޮޑަށް ޒަޚަމްވެ ކޮނޑުހުޅުވެސް ނެއްޓުނެވެ.

ހާމިދު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެންނެވެ.

މިލިޔުމާއި ގުޅޭ