back to top
28.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފިޔޯރީގައި މިހާރު ހުރި އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ ވިސްނުމެއް ނެތް: މިފްކޯ

ގދ. ފިޔޯރީގައި ހުންނަ އައިސް ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.

ފިޔޯރީ އައިސް ޕްލާންޓްގެ އޮޕަރޭޝަން ހުއްޓިފައި ހުންނަތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިފްކޯގެ މެނޭޖަރ އޮޕަރޭޝަންސް ހާމިދު ނަޒީމް ވިދާޅުވީ އެ ޕްލާންޓް ބާވެ މަރާާތުނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށާއި، އެ ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެންނަން ބޮޑު ޚަރަދެއް ކުރަންޖެހޭކަމަށެވެ. އެހެންކަމުން ސަރުކާރާއި، ފިޝަރީޒް މިނިސްޓްރީއާއެކު މަޝްވަރާކުރުމަށްފަހު، އެ އައިސް ޕްލާންޓް އަލުން އޮޕަރޭޝަނަށް ނުގެންނަން މެނޭޖްމެންޓުން ނިންމާފައިވާކަމަށް ނަޒީމް ވިދާޅުވި އެވެ. އަދި، އެގޮތަށް ނިންމީ، ފިޔޯރީގައި އަަލަށް ގާއިމުކުރާ މަސްކާރުޚާނާ މަޝްރޫއުގެ ތެރޭގައި އައިސް ޕްލާންޓެއް ހިމެނޭތީކަަމަށްވެސް ނަޒީމް ވިދާޅުވި އެވެ.

”ފެނަކައިން އެމްޑީޕީ ސަރުކާރުގަ އެޅި އައިސް ޕްލާންޓެއް އެއީ. ވަރަށް މައްސަލަ ޖެހޭ. މަރާމާތުކުރަން ޖެހޭ އަވަސްވަހަށް. އޭތި އޮޕަރޭޝަނަށް ގެންނަންޏާ ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ. ފެނަކައިގެ ދަށުގަ އޮތް އިރު މިދިޔަ ދުވަސްތަކުގަ އަޅާނުލެވި ދޫކޮށްލެވިފަ ހުރީމަ އެހެންއެވީ. ފިޔޯރީ މަސްފެކްޓްރީ ޕްރޮޖެކްޓްގެތެރޭގައި އައިސް ޕްލާންޓެއް އަޅަން އިނީމައާވެސް އެއްކޮށް އިތުރު ޚަރަދުތަކެއް ނުކުރާށާ އެއްކޮށް. އެހެންވީމަ އެ ވިސްނުމުގަ ފިޔޯރީ އައިސް ޕްލާންޓް މަރާމާތު ނުކުރާގޮތަށް ބައިންދާފަ އެއިނީ.“ ނަޒީމް ވިދާޅުވި އެވެ.

ފިޔޯރީގައި މިހާރުހުރި އައިސްޕްލާންޓަކީ ފެނަކައިން އެމްޑީޕީ ސަރުކާރުގަ އެޅި 25 ޓަނުގެ އައިސް ޕްލާންޓެކެވެ. ފިޔޯރީގައި މަސް ކާރުޚާނާ މަޝްރޫއުގެ ތެރެއިން، ގާއިމުކުރަނީ 50 ޓަނުގެ ފެންވަރު ރަނގަޅު ބްލޮކް އައިސް ހެދޭ ޕްލާންޓެކެވެ.

ފިޔޯރީ މަސްކާރުޚާނާއަކީ، ދެކުނުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް މަސްކިރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން  އަލަށް އެޅުމަށް އިޢުލާނުކޮށްފައިވާ މަސް ކާރުޚާނާއެކެވެ. އެއީ، އެމަނިކުފާނުގެ ރިޔާސީ ވައިދެއްވެސް މެއެވެ. އެތަން ތަރައްގީކުރަނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭގޮތަށް، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ ފިޝް މީލް ޕްލާންޓަކާއި، 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭގޮތަށެވެ. މަސް ކާރުޚާނާ ހެދުމަށް ސަރުކާރުން ޗައިނާގެ ޑޮންފަންގްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ 14 އެޕްރީލް 2024ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުނިން އެއްބަސްވެފައި ވެއެވެ.

މިލިޔުމާއި ގުޅޭ