back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޭޑޭގެ ހިނގާލުމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންވެސް ބައިވެރިވާނެ!

މަސައްކަތްތެރިންގެ ޖަމިއްޔާތައް ގުޅިގެން މޭޑޭގައި މާލޭގައި ބާއްވާ ހިނގާލުމުގައި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުންވެސް ބައިވެރިވާނެ ކަމުގައި އެޖަމިއްޔާއިން ބުނެފިއެވެ.

މަސައްކަތްތެރިގެން ޙައްޤުތަކަށް ގޮވާލާ ބާއްވާ މިހިނގާލުން އިންތިޒާމް ކުރަނީ، ރާއްޖޭގައި މިވަގުތު އޮތް މަސައްކަތްތެރިންނާއި ގުޅޭ މަދަނީ ޖަމިއްޔާތަކުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޯޓް ވޯކާސް ޔޫނިއަން އާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި، ޓީޗާސް އެސޯސިއޭޝަނާއި، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން އާއި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު ގުޅިގެންނެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ވިދާޅުވީ، މޭޑޭ ގެ ހިނގާލުމުގައި ބައިވެރިވުމަށް، ބޮޑު ކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންވެސް އެދުވަހަށް މާލެއަށް އަންނާނެ ކަމަށެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޖަމިއްޔާތައް ގުޅިގެން މޭޑޭ ފާހަގަކުރުމަށް ހިނގާލުމެއް ބޭއްވުމަށް ނިންމާފައިވާ ވާއިރު، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީންވެސް ވަނީ، މެއިޑޭގައި މަލޭގައި ހިނގާލުމެއް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ. ރާއްޖޭގައި މަސައްކަތްތެރީންނަށް ލިބިދޭން ޖެހޭ ހައްޤުތައް ނުލިބޭ ކަމުގެ ޝަކުވާތައް އަބަދުވެސް ބޮޑެވެ. އެއިގެ ތެރެއިންވެސް މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ބޮޑުކަން މަސްވެރިންވެސް އަންނަނީ ފާހަގަކުރަމުންނެވެ.

މިލިޔުމާއި ގުޅޭ