ތ. ވިލިފުށީ ދޮށީ ކަނދުފަތި ކަނޑައިގެން ގޮސްފި އެވެ.
ތ. ވިލިފުށީ ދޮށީ ކަނދުފައްޗަކީ، 2023 ވަނަ އަހަރުގެ ޑިސެންމަބަރު މަހު، އެރަށުގެ އިރުން 9 މޭލޭ ބޭރުގައި، އަޅާފައިވާ ކަނދުފައްޗެކެވެ. އެ ކަނދުފަތި ކަނޑައިގެން ދިޔައީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ކަނދުފަތި އޮޔާދަނިކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ރޯދި ދޯންޏަށް ބޮއި ނަގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ތ. ހިރިލަންދޫއަށް ގެންގޮސްފަ އެވެ. އެ ސަރަހައްދުގެ މަސްވެރިން ބުނީ، ކަނދުފަތި އަވަހަށް އަޅައިދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ.
ތ. ވިލިފުށީ ކައުންސިލްގެ ރައީސް، ހުސައިން ޖަބީން ވިދާޅުވީ، ކަނދުފަތި ކަނޑައިގެންދިޔަކަމުގެ ރިޕޯޓް އާންމު އުސޫލުތަކާއެއްގޮތަށް މިހާރު ފިޝަރީޒް މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ. މިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.
ތ. އަތޮޅުގައި ދޮށީމަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ 6 ކަނދުފަތީގެތެރެއިން 2 ކަނދުފަތި މިހާރުވަނީ ކަނޑައިގެންގޮސްފަ އެވެ. އެއީ، ހިރިލަންދޫ ކަނދުފައްޗާއި، ވިލިފުށީ ކަނދުފައްޗެވެ.