back to top
33 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްކެއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ގުރައިދޫން ބިން ކުއްޔަށްދެނީ

ތ. ގުރައިދޫގައި މަސް ކެއްކުމާއި، ލޮނުމަހުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިންް ކުއްޔަށްދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

އެކައުންސިލުން 10 އަހަރުގެ މުައްދަތަކަށް ކުއްޔަށް ދޭން ނިންމާފައިވަނީ، އެރަށުގައި މަސް ކެއްކުމާއި، ލޮނުމަހުގެ މަސައްކަތް ކުރުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުން ދެ ބިމެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑު މިނަކީ، 3873.03 އަކަ ފޫޓެވެ. ކައުންސިލުން ބިން ކުއްޔަށްދޫކުރަން ނިންމާފައިވަނީ ބީލަން އުސޫލުންނެވެ. ބީލަމުގައި ބިމުގެ އަގަށް ހުށަހެޅޭނީ މަހަކު އަކަފޫޓަކަށް -/15 (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށްކަމަށް ގުރައިދޫ ކައުންސިލުން ބުނެފައި ވެއެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ބިމަށް ކުލިދައްކަންޖެހޭނީ ބިމާ ހަވާލުވާތާ ތިންމަސް ފަހުން ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

ކައުންސިލުން މިއަދު ވަނީ ބިން ކުއްޔަށް ހިފަން ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ. ކައުސިލުން ބުނީ، ބީލަންވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ އަންގާރަ ދުވަހުގެ 10:00 ގައި ކައުސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވާނެކަމަށެވެ. އެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކޮށް، ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދޭނެކަމަށް ކައުންސިލުން ބުންޏެވެ. ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ މިމަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށްް އީމެއިލް ވެސް ކުރެވިދާނެއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ މެއި 4 ވަނަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ