back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖެ-ޗައިނާ: މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުންދެވިދާނެ ގޮތްތަކާމެދު މަޝްވަރާކޮށްފި

ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ސީޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާޒްގެ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާތަކެއް ކޮށްފި އެވެ.

މި މަޝްވަރާތައްކޮށްފައިވަނީ، ސީޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާޒްގެ ވަފުދުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް މިއަދު ކުރި ޒިޔާރަތުގެތެރެއިން ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ ގެ އެންޑް ރޫރަލް އެފެއާޒްގެ ވަފްދު/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވެވިި މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ވަފްދުން ވަނީ ރާއްޖޭގެ މަސްވެރިކަމާއި އެކުއަކަލްޗަރ ސިނާއަތައް މިހާރު ދެމުންގެންދާ އެއްބާރުލުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްކޮށްފަ އެވެ. ވަކީން ޚާއްސަކޮށް ޒަމާނީ މަސްވެރިކަމުގެ ޓެކްނޮލޮޖީ ހިއްސާކުރުމާއި، މީހުންު ބިނާކުރުމުގެ އިތުރުން މައުލޫމާތު ބަދަލުކުރުން ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެ ވަފްދުން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.

ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ ގެ އެންޑް ރޫރަލް އެފެއާޒްގެ ވަފްދުގެ ބައްދަލުވުން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މިއަދުގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީއާއި ޗައިނާގެ ވަފްދުން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުންދާތީ އެކަމާ ޝުކުރު އަދާކޮށްފަ އެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އަދި އެހެނިހެން ބައިލެޓަރަލް ޕްލެޓްފޯމްތައް މެދުވެރިކޮށް މިހާރު ދެމުންގެންދާ އެއްބާރުލުމުގެ އަގު ވަޒަންކޮށް، އެއްބާރުލުން ދިނުމުގެ މުހިންމުކަން އަލުން ކަށަވަރުކޮށްދީފައި ވެއެވެ.

ސިޗުއާން ޕްރޮވިންސަކީ، ޗައިނާގެ ހުޅަނގު ސަރަހައްދަށް ބަލާއިރު، އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ އެއް ޕްރޮވިންސެވެ. އެ ޕްރޮވިންސްގެ ޖީޑީޕީ އަކީ ގާތްގަނޑަކަށް 7 ޓްރިލިއަން ޔުއާން އެވެ. އެ ޕްރޮވިންސްގެ އިގްތިސާދު ބިނާވެފައިވަނީ ދަނޑުވެރިކަމާއި އެކްވާކަލްޗަރގައި ކަމުން ޗައިނާގެ ރަށްފުށުގެ ތަރައްގީއާއި، ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި އެ ޕްރޮވިންސް މުހިންމު ދައުރެއް އަދާކުރެއެވެ.

މިލިޔުމާއި ގުޅޭ