back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިހާރު ޕްރޮސެސް ކުރިޔަށްދާ ގޮތުންނަމަ ހުޅުމާލެ ކަންނެލި މަސް ފެކްޓަރީގެ މަސައްކަތް ޖޫންމަހު ފެށޭނެ: މިނިސްޓަރު

ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ ކަންނެލި މަސް ފެކްޓަރީގެ އަމަލީ މަސައްކަތް އަންނަ ޖޫންމަހު ފެށޭވަރުވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކަންނެލި މަސް ފެކްޓަރީ ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ”ކެޔޮޅާ“ އާ ހިއްސާކުރައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްފެކްޓަރީ އަޅަން ނިންމާފައިވާ ބިމުގެ އެންމެހައި ކަންކަން މިހާރު ނިމިފައިވާކަމަށެވެ. އަދި އެތަނުގެ ފަންޑިންގެ ހަމަޖެހިފައިވަނީ އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިޑީބީ)އިން ކަމަށްވުމާއެކު، އެބޭންކާއެކު ރަސްމީ އެއްބަސްވުމަކަށް އައުމުގެ ތައްޔާރީތައްވަމުން އަންނަކަމަށާއި، މިހާރުު ޕްރޮސެސް ކުރިޔަށްދާގޮތުންނަމަ ވަރަށް އަވަހަށް އައިޑީބީއާއެކު އެއްބަސްވުމަކަށް އާދެވި، އެމަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ޖޫންމަހު ފެށޭވަރުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކަންނެލި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހުޅުމާލޭގައި ޤާއިމުކުރެވޭ ފެކްޓަރީގައި، ކަންނެލި ޕްރޮސެސް ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް  ނުވަތަ ފަރާތްތަކަށް މަސް ޕެކްކުރުވޭނެ މާހައުލެއް ގާއިމުކުރެވިގެންދާނެކަމަށެވެ. އަދި، ކަންނެލި ޖެޓީން މިހާރު މަސްވެރިންނަށް ތެޔޮލިބުމުގައި ހުރި ދަތިތަކައްވެސް ހައްލުކުރުމުގެގޮތުން، ފެކްޓަރީގައި ތެޔޮ ސްޓޮކްއެއް ބަހައްޓާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސް ފެކްޓަރީ އެޅުމަށް އެޗްޑީސީން ހަމަޖައްސައިދީފައިވަނީ ކަންނެލި ޖެޓީގެ މަގަތަށް އޮންނަ ސަރަހައްދުން 25،000އަކަފޫޓްގެ ބިމެކެވެ. އެ ބިމުގައި މިހާރު މަސް މާރުކޭޓަކާއި ކެފޭއެއް ހިންގަމުން ދެއެވެ.

ހުޅުމާލޭގައި ގާއިމުކުރާ 35ޓަނުގެ ކަންނެލި ޕްރޮސެސްކުރެވޭ ފެސިލިޓީއަކީ، ކ. ކަނޑުއޮތްގިރި ފިޝް ވިލެޖް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)ގެ ބޭނުމަށް ދޫކޮށްލުމަށްފަހު، އޭގެ ބަދަލުގައި ގާއިމުކުރާތަނެވެ. ސަރުކާރުން ބުނާގޮތުގައި ފެކްޓަރީގެ މަސައްކަތް އަންނައަހަރަށް ނިންމާލެވޭނެއެވެ.

މިލިޔުމާއި ގުޅޭ