back to top
33 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯއިން މިދިޔަ ހަފުތާގައި މަސްވެރިންނަށް 14.8 މިލިއަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މިދިޔަ ހަފުތާގައި މަސްވެރިންނަށް ޖުމްލަ 14.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯއިން މިހާރު އަމަލުކުރަމުންދާ ”48 ގަޑީއިރުން ފައިސާ ދޫކުރުމުގެ ޕްލޭން“ ގެ ދަށުން މިދިޔަ ހަފުތާގެ ހޯމައިން ފެށިގެން އިއްޔެެ ނިޔަލަށް ދޫކޮށްފައިވަނީ، މިމަހުގެ 12ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ އެކި ފެސިލިޓީތަކަށާއި ވެސެލްތަކަށް އޮޑިފަހަރުން ވިއްކި މަހަށްވާ ފައިސާ އެވެ. ހުކުރު ދުވަހަކީ މިފްކޯއިން މަސް ނުގަންނަ ދުވަހަކަށްވާތީ މި ޕްލޭންގެ ދަށުން އާދީއްތަދުވަހު ފައިސާ ދުލެއް ނުކުރާނެއެވެ.

މިމަހުގެ 12ވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހުގެ ނިޔަލަށް 253 އޮޑިއަކުން މިފްކޯއަށް 17.9މިލިއަން ރުފިޔާގެ މަސް ވިއްކާފައި ވެއެވެ. މިފްކޯއިން އެގަތް މަހަށް ފައިސާ ދޫކޮށްފައިވަނީ، އޮޑިފަހަރުން ކްރެޑިޓަށް ނަގާފަހުރި އައިސް އަދި ތެލުގެ ބިލަށްވާ 3މިލިއަނަށްވުރެ ގިނަ ރުފިޔާ އުނިކުރުމަށްފަހުގަ އެވެ. އެހެންކަމުން މިދިޔަ ހަފުތާގައި ދޫކޮށްފައި މިވަނީ ޖުމްލަ 14.8 މިލިއަން ރުފިޔާ އެވެ.

އޮޑިފަހަރުން މިފްކޯއަށް މަސްކިރުވާ މިންވަރު ވަރަށް ބޮޑުތަނުން މިހާރު ވަނީ އިތުރުވެފަ އެވެ. ފައިސާ ދޫކުރި މުއްދަތަށް ބަލާއިރު، އެންމެ ގިނަ އޮޑިފަހަރު މިފްކޯއަށް މަސް ކިރާފައިވަނީ، މިމަހުގެ 12 ވަނަ ދުވަހު އެވެ. އެދުވަހު 56 ދޯންޏަކުން މަސްކިރާފައިވެއެވެ. އޮޑިފަހަރުތަކުން މިފްކޯއަށް އެންމެގިނައިން މަސްކިރާފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ. އެ ދުވަހު 45 ދޯންޏަކުން 3.8 މިލިޔަން ރުފިޔާގެ މަސް މިފްކޯއަށް ކިރާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން މިފްކޯއަށް މަސް ވިއްކާތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ގަވައިދުން ދަނީ ފައިސާ ދޫކުރަމުންނެވެ. ފައިސާ ދޫކުރަން ޖެހޭ ދުވަހަކީ ސަރުކާރު ނުވަތަ ރަސްމީ ބަންދު ދުވަހަކަށްވީ ނަމަވެސް، މެދު ކެނޑުމެއްނެތި މިފްކޯއިން ދަނީ ފައިސާ ދޫކުރަމުންނެވެ. މަސްވެރިން ބުނާގޮތުގައި ބަރާބަރަށް ފައިސާ ލިބެން ފެށުމުން، ދިރިއުޅުމުގެ ކަންކަން ފަސޭހަވެ، މަސްވެރިކަމުން ދުުރަށް ދިޔަ ބައެއް އޮޑިފަހަރާއި ޒުވާނުން ދަނީ އަނބުރާ މަސްވެރިކަމަށް ރުޖޫއަވަމުންނެވެ.

މިލިޔުމާއި ގުޅޭ