މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ގދ. ގައްދޫ ގައި ހިންގަމުން އަންނަ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފި އެވެ.
ގައްދޫ އައިސް ޕްލާންޓުން އައިސް ދޫކުރުން މެދު ކެނޑުނީ، އެ ޕްލާންޓަށް ކުޑަ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. މި މައްސަލައިގައި މިއަދު މިފްކޯއިން ބުނީ، އެ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނިއަރިންގ ޓީމުން ކުރިޔަށް ގެންދާކަމަށާއި، މަސައްކަތް ކުރިޔަށް ގެންދިއުމާއެކު އެކީގައި މަސްވެރިންނަށް މިއަދު އައިސް ދޫކުރަމުން ގެންދާނެކަމަށެވެ.
ގައްދޫ އައިސް ޕްލާންޓްގެ އިތުރުން، ގދ. ތިނަދޫގައި ވެސް މިފްކޯއިން އަންނަނީ އައިސް ޕްލާންޓެއް ހިންގަމުންނެވެ. އެ އައިސްޕްލާންޓް މި ވަގުތު ހުރީ ”ފުލް އޮޕަރޭޝަން“ ގައެވެ.