back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މާޗްމަހުގެ އެކްސްޕޯޓް: އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަމަސް

މާޗްމަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަސްކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން އިއްޔެ އާންމުކުރި އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗްމަހު 204 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެއެވެ. އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ މަހާއި މަހުގެ އުފެއްދުންތަކެވެ. އެގޮތުންބަލާއިރު، މާޗްމަހު 115 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަ މަސް، 13 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫއުރަހަ ކަންނެލި އަދި 4 މިލިއަން ރުފިޔާގެ ގަނޑުކުރި ރީނދޫއުރަހަ ކަންނެލި އަރި އެކްސްޕޯޓްކޮށްފައި ވެއެވެ. އެހެންކަމުން މާޗްމަހު އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައި މިވަނީ ކަޅުބިލަމަހެވެ. މިއަހަރުގެ ފެބްރުއަރީ މަހުވެސް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަމަހެވެ. އެމަހު 114 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައި ވެއެވެ.

މީގެ އިތުރުންް ޕްރޮސެސްޑް ނުވަތަ ތައްޔާރުކުރި މަހުގެ ގޮތުގައި 46 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި މަސް ކާނާއާއި، މަހުގެ އެކި ބައިތައް(ކާނާގެ ގޮތުގައި ބޭނުން ނުކުރެވޭ) ހިމެނޭގޮތުން 7 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައި ވެއެވެ.

މާޗްމަހު އެންމެ ގިނައިން މަސް އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. ދެވަނައަށް އެންމެ ގިނައިން އިނގިރޭސި ވިލާތައް އެކްސްޕޯޓްކޮށްފައިވާއިރު، ތިންވަނަައަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކޮށްފައިވަނީ ވިއެޓްނާމަށެވެ.

މިލިޔުމާއި ގުޅޭ