back to top
31 C
Malé
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބުރުނުބޮމަ މަސްބޭނުމުގެ މުބާރާތުގައި ހަތް ޓީމަކުން ބައިވެރިވެއްޖެ

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސްޕޯޓްސް ފިޝިން މުބާރާތް ކަމަށްވާ ”ބުރުނު ބޮމަ“ގައި 7 ޓީމަކުން ބައިވެރިވެއްޖެއެވެ.

މިމުބާރާތަކީ، މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) ގެ ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ވީއެމްސީއިން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، 7 ޓީމަކުން ބައިވެރިވެފައިވާކަމަށެވެ. މި މުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވާ ޓީމުތަކަކީ، ސައިރެން އޮފް ދަ ސީ އާއި ކެޕްޓަން ކްލަބާއި، ސައިލެންޓް ހަންޓާ އާއި ބަރޮސް މޯލްޑިވްސް އާއި މަލަހިނި، އަދި އިފުރުގެ އިތުރުން ޓީމު ދުބާއީއެވެ. މި މުބާރާތުގައި ރާއްޖެއިން ބޭރުގެ އެއްޓީމު މިހާތަނަށް ބައިވެރިވެފައިވާ އިރު، ރާއްޖޭގެ ޓީމުތަކާއި އެކުވެސް ސްޕޯޓްފިޝިންގައި ހަރަކާތްތެރިވާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވާނެއެވެ.

ވީއެމްސީއިން ބުނީ، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިނަމަވެސް، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް އަދިވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް، މިމުބާރާތައް ޚާއްޞަކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
ވެބްސައިޓް އެޑްރެހަކީ؛ https://www.burunuboma.com/ އެވެ.

އިންޓަރނޭޝަނަލް ޓީމުތަކަށާއި ރާއްޖޭގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ލޯންޗުކޮށްފައި ވަނީ، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ. މިމުބާރާތް ކުރިޔަށްދާނީ، މެއި މަހުގެ 2 ވަނަ ދުވަހުގެ ފަތިހު 5:00 އިން ފެށިގެން، މެއި މަހުގެ 4 ވަނަ ދުވަހުގެ އިރުއޮއްސި 18:00އަށެވެ.

މިލިޔުމާއި ގުޅޭ