ކުޅުދުއްފުށި ސިޓީ ބޭރުގައި ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ކުޅުދުއްފުށި ސިޓީ ދޮށީ ކަނދުފަތި، އެ ސިޓީގެ އިރު ދެކުނުން 15.5 މޭލު ބޭރުގައި މިއަދު ގާއިމްކޮށްފައިވާކަމަށެވެ. ދޮށީ ކަނދުފަތީގެ ނަންބަރަކީ C09D02ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކުޅުދުއްފުށީ ކަނދުފައްޗަކީ، 2019 ވަނަ އަހަރު އަލަށް ގާއިމުކުރި ކަނދުފައްޗެކެވެ. މިއަދު އެޅި ކަނދުފައްޗަކީ ކުރިން އޮތް ކަނދުފަތީގެ ބަދަލުގައި އެޅި ކަނދުފައްޗެކެވެ. މި ފަހަރުވެސް ކަނދުފަތި އަޅާފައިވަނީ ކުރީގެ ކަނދުފަތި އޮތް ޕޮޒިޝަންގައެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން މިހާރު އުތުރަށް ކުރަމުންދާ ދަތުރުގައި، ކަނޑައިގެން ނުވަތަ ހަލާކުވެފައި ހުރި ދޮށީ ކަނދުފަތިތައް ދަނީ މަރާމާތު ކުރަމުންނެވެ. އަދި އެ ސަރަހައްދުގެ ބައެއް ރަށްރަށުގައި ދަނީ ވަދު ކަނދުފަތިތައްވެސް ހަރުކުރަމުންނެވެ. އެގޮތުން މިހާތަނަށް އާއިރު ކުޅުއްދުއްފުށި ސިޓީގެ އިތުރުން ކ.ގާފަރާއި ނ.މާފަރުގައި ދޮށީ ކަނދުފތިް ގާއިމުކޮށް، ށ.ނަލަންދޫގައި ވަނީ ވަދު ކަނދުފައްޗެއް އަޅާފަފަ އެވެ.