back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މާންދޫ ދޯނީގެ ކެޕްޓަން އެކްސިޑެންޓެއްގައި ނިޔާވެއްޖެ

ހޮރައިޒަން ފިޝަރީޒްގެ މާންދޫ ދޯނީގެ ކެޕްޓަން މަގުމަތީގެ އެކްސިޑެންޓެއްގައި ނިޔާވެއްޖެއެވެ.

ހޮރައިޒަންފިޝަރީޒްގެ މާންދޫ ދޯނީގެ ކެޕްޓަނަކީ، ލ. މާބައިދޫ ސޫރަޖް ވިލާ އުމުރުން 30 އަހަރުގެ، އިބްރާހިމް ނައުޒަމް އެވެ. އޭނާ ނިޔާވީ ރޭ މާންދޫ އާއި ގަން ގުޅޭ ހިސާބުގައި ލ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކާއި ގުޅިގެންނެވެ. މިއެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލް ކޮންޓްރޯލް ނުވެގެންނެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ނައުޒަމް ނިޔާވި އެކްސިޑެންޓް ހިނގީ ރޭ ދަންވަރު 1:40 ހާއިރުގައި ކަމަށާއި، ނިޔާވީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު 8:45 ހާއިރުކަމަށެވެ.

ފުލުހުން ދަނީ މިއެކްސިޑެންޓްގެ މައްސަލަ ތަޙުޤީޤުކުރަމުންނެވެ.

މިލިޔުމާއި ގުޅޭ