back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯއިން މިދިޔަ ހަފުތާގައި މަސްވެރިންނަށް 12.8 މިލިއަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މިދިޔަ ހަފުތާގައި މަސްވެރިންނަށް ޖުމްލަ 12.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯއިން މިހާރު އަމަލުކުރަމުންދާ ”48 ގަޑީއިރުން ފައިސާ ދޫކުރުމުގެ ޕްލޭން“ ގެ ދަށުން މިދިޔަ ހަފުތާގެ ހޯމައިން ފެށިގެން އިއްޔެެ ނިޔަލަށް ދޫކޮށްފައިވަނީ، މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ އެކި ފެސިލިޓީތަކަށާއި ވެސެލްތަކަށް އޮޑިފަހަރުން ވިއްކި މަހަށްވާ ފައިސާ އެވެ. ހުކުރު ދުވަހަކީ މިފްކޯއިން މަސް ނުގަންނަ ދުވަހަކަށްވާތީ މި ޕްލޭންގެ ދަށުން އާދީއްތަދުވަހު ފައިސާ ދުލެއް ނުކުރާނެއެވެ.

މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް 243 އޮޑިއަކުން މިފްކޯއަށް 15.7 މިލިއަން ރުފިޔާގެ މަސް ވިއްކާފައި ވެއެވެ. މިފްކޯއިން އެގަތް މަހަށް ފައިސާ ދޫކޮށްފައިވަނީ، އޮޑިފަހަރުން ކްރެޑިޓަށް ނަގާފަހުރި އައިސް އަދި ތެލުގެ ބިލަށްވާ 2.8 މިލިއަން ރުފިޔާ އުނިކުރުމަށްފަހުގަ އެވެ. އެހެންކަމުން މިދިޔަ ހަފުތާގައި ދޫކޮށްފައި މިވަނީ ޖުމްލަ 12.8 މިލިއަން ރުފިޔާ އެވެ.

ރަމަޟާންމަހުގައި އޮޑިފަހަރުން މިފްކޯއަށް މަސް ކިރުވި އަދަދު ދަށްވި ނަމަވެސް، 6 ރޯދައަށްފަހު މަސްކިރާ މިންވަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ ހަފުތާގައި މަސްކިރުވި މިންވަރު ބޮޑުތަނުން އިތުރުވެފައިވާއިރު އެންމެ ގިނަ އޮޑި މަސް ކިރުވާފައިވަނީ ހޯމަދުވަހު އެވެ. އެދުވަހު 60 އޮޑިއަކުން 3.5 މިލިއަން ރުފިޔާގެ މަސް މިފްކޯއަށް ކިރުވާފައި ވެއެވެ. އަދި، އެންމެ ގިނަ އަދަދަކަށް މިފްކޯއަށް އޮޑިފަހަރުން މަސް ވިއްކާފައިވަނީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު 55 އޮޑިއަކުން 3.9 މިލިއަން ރުފިޔާގެ މަސް މިފްކޯއަށް ވިއްކާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިން މިފްކޯއަށް މަސް ވިއްކާތާ 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ގަވައިދުން ދަނީ ފައިސާ ދޫކުރަމުންނެވެ. ފައިސާ ދޫކުރަން ޖެހޭ ދުވަހަކީ ސަރުކާރު ނުވަތަ ރަސްމީ ބަންދު ދުވަހަކަށްވީ ނަމަވެސް، މެދު ކެނޑުމެއްނެތި މިފްކޯއިން ދަނީ ފައިސާ ދޫކުރަމުންނެވެ. މަސްވެރިން ބުނާގޮތުގައި ބަރާބަރަށް ފައިސާ ލިބެން ފެށުމުން، ދިރިއުޅުމުގެ ކަންކަން ފަސޭހަވެ، މަސްވެރިކަމުން ދުުރަށް ދިޔަ ބައެއް އޮޑިފަހަރާއި ޒުވާނުން ދަނީ އަނބުރާ މަސްވެރިކަމަށް ރުޖޫއަވަމުންނެވެ.

މިލިޔުމާއި ގުޅޭ