back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އުރީދޫ މަސްރޭސް އޮގަސްޓް މަހު ބާއްވަނީ

ރާއްޖޭގައި ބާއްވަމުން އަންނަ، މަސްބޭނުމުގެ އެންމެ ބޮޑު މުބާރާތްކަމުގައިވާ އުރީދޫ މަސްރޭސް މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާ ކަމުގައި އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ބުނި ގޮތުގައި މިއަހަރުގެ މަސްރޭސްވެސް ބޭއްވުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައެވެ. މިގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް މުބާރާތް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އުތުރާއި ދެކުނުގައި މުބާރާތް ބާއްވާ ރަށެއް އަދި އިޢުލާނެއް ނުކުރެއެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާނެ ކަމުގައިވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫ މަސްރޭސް މިދިޔަ އަހަރު އޮގަސްޓު މަހުގައި ވަނީ ބާއްވާފައެވެ. މިދިޔައަހަރުގެ މުބާރާތް ބާއްވާފައި ވަނީ މާލޭގެ އިތުރުން، ކ ހިންމަފުއްޓާއި ޅ. ނައިފަރުގެ އިތުރުން ތިނަދޫ ސިޓީގައެވެ.

އުރީދޫ މަސްރޭސް ބާއްވާތާ މިހާރު ވަނީ 14 އަހަރު ވެފައެވެ. އެންމެ ފުރަތަމަ އުރީދޫ މަސްރޭސް ބާއްވަމުން އައީ ރޯދަމަހާއި ގުޅުވައިގެންނެވެ.

މިލިޔުމާއި ގުޅޭ