back to top
28 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގާފަރު ބޭރުގައި ދޮށީ ކަނދުފައްޗެއް އަޅައިފި

ކ. ގާފަރު ބޭރުގައި ދޮށީ މަސްވެރިކަމަށް ޚާއްސަ ކަނދުފައްޗެއް ގާއިމުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއަދު .ގާފަރު ދޮށީ ކަނދުފަތި، ގާފަރު އިރުން 13.5 މޭލު ބޭރުގައި ޤާއިމްކޮށްފައިވާ ކަމަށެވެ. ކަނދުފަތީގެ ނަންބަރަކީ G10D01 އެވެ. ގާފަރުގައި ވަދު ކަނދުފައްޗެއް ގާއިމުކޮށްފައި މިވަނީ އެ ރަށު ކަނދުފަތި ކަނޑައިގެން ދިޔަތާ ގިނަ މަސްތަކެއް ފަހުންނެވެ. އެއީ2020 ވަނަ އަހަރުގެ އޯގަސްޓްމަހު ގާއިމުކުރި ކަނދުފައްޗެކެވެ. އޭރު ކަނދުފަތި އެޅީ ގާފަރު އިރުން 17 މޭލު ބޭރުގަ އެވެ.

ގާފަރު ކަނދުފައްޗާއެކު މާލެ އަތޮޅުގެ ދޮށީ ކަނދުފަތީގެ އަދަދަކީ 4 އެވެ. އެއީ، ދިއްފުށީގެ އިރުން 13 މޭލު ބޭރުގައި އޮންނަ ކަނދުފައްޗާއި، މާފުށީގެ އިރު ދެކުނުން 12.6 މޭލު ބޭރުގައި އޮންނަ ކަނދުފައްޗާއި، ހުރާ އިރު ދެކުނުން 17 މޭލު ބޭރުގައި އޮންނަ ކަނދުފައްޗެވެ.

ދޮށީ ކަނދުފަތީގެ އިތުރުން ކ. އަތޮޅުގައި ސްޕޯޓްސް ފިޝިންގްއަށް ޚާއްސަ 3 ކަނދުފައްޗެއް އޮވެއެވެ. އެއީ ކ. ގާފަރުގެ އިރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗާއި، ހުޅުމާލޭގެ އިރުން 5 މޭލު ބޭރުގައި އޮންނަ ވަދު ކަނދުފައްޗެވެ.

މިލިޔުމާއި ގުޅޭ