back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

ކ. އަތޮޅުން ފެށިގެން ލ އަތޮޅާހަމަޔަށް ރީނދޫ ސަމާލުނެރެފައިވަނީ 10:45 އިން 14:00 އާ ހަމަޔަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައި ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއަތޮޅުތަކަށް ވާރޭވެހި ގުރުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.

ކުރިޔަށް އޮތް 24 ގަޑީއިރު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، ހުވަދުއަތޮޅުގެ ރަށްތައްވެސް މިވަގުތު އޮތީ ހުދު ސަމާލުގައެވެ. އެ ސަރަހައްދަށްވެސް ގުގުރުމާއެކު ވިއްސާރަކޮށް 40 މޭލަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު އެހެން އަތޮޅުތަކަށްވެސް ދަނީ ކުރަމުންނެވެ. މޫސުން ގޯސްވެފައިވާ މިދަނޑިވަޅުގައި ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކޮށްފަ އެވެ. މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ