މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ދޯނި އެހެލާ ސަރަހައްދުގައި އެހެލާފަ ގިނަ ދުވަސް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތަގެ ވެރިފަރާތްތައް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
ކައުންސިލުން ބުނީ، ދޯނި އެހެލާ ސަރަހައްދުގައި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ ދޯންޏާއި، ލޯންޗާއި، ޑިންގީ އެހެލާފައި އެބަހުރިކަމަށެވެ. އަދި އެ އުޅަނދުތަކުގެ ވެރި ފަރާތް ހޯދަނީ އެ ސަރަހައްދު ސާފުކުރުުމަށް ކަމަށް ބުންޏެވެ.
ކައުންސިލުން ވަނީ މިކަން ބަޔާންކޮށް އިއުލާނެއްވެސް އާންމުކޮށްފަ އެވެ. އެ އިއުލާނުގައި، ދޯނި އެހެލާ ސަރަހައްދުގައި އެހަލާފައިހުރި ބޭނުންނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި، އެހެނިހެން ތަކެތީގެ ވެރިން އެތަކެތީގެ ތަފްޞީލް ބަޔާންކޮށް ލިޔުމަކުން މިމަހުގެ 20 ވާ އާދިއްތަދުވަހުގެ 14:00ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދިފައި ވެއެވެ.