މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝާފިއު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝާފިއު އިސްތިއުފާދެއްވިކަން ހާމަކޮށްފައިވަނީ، ސޯޝަލް މީޑިއާގަ ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުފައިވަނީ ކަންކަން ހައްލުކޮށްދޭނެކަމުގެ އުންމީދުގައި މިއަދުން ފެށިގެން އިސްތިއުފާ ދެއްވީކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކަމެއްކަމެއް ބަޔާންކުރައްވާފައެއް ނުވެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފެއްޓެވި ޝާފިއު ފިޝަރީޒް މިނިސްޓަރުގެ ނައިބަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޢައްޔަނުކުރެއްވީ، 30 ޑިސެމްބަރު 2023ގައެވެ. ޝާފިޢު ފާހަގަކުރެވިފައިވަނީ، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމުގެ ވަރަށް އަރިސްކޮށް ބޭފުޅެއްގެ ގޮތުގައެވެ.