back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޯޝަން ހަންޓާ ފިޝަރީޒްއިން ވަގުތުން ފައިސާދޭގޮތަށް ރ އަތޮޅުން ކަނޑުމަސް ގަންނަން ފަށައިފި

އޯޝަން ހަންޓާ ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ވަގުތުން ފައިސާ ދޭގޮތަށް ރ.އަތޮޅުން ކަނޑު މަސް ގަންނަން ފަށައިފި އެވެ.

އޯޝަން ހަންޓާ ފިޝަރީޒް ބުނީ، އެކުންފުނީގެ ކާރުޚާނާ ހިންމަފުށީގައި ހުރި ނަމަވެސް، މިދުވަސްވަރު ހިންމަފުށީ ސަރަހައްދުން މަސް ނުލިބޭތީ ރ. މަޑުއްވަރީ ބޭރުގައި އުޅަނދެއް ބާއްވައިގެން ކަނޑުމަސް ގަތުމުގެ އޮޕަރޭޝަން މިއަދު ފަށާފައިވާކަމަށެވެ. މަސްވެރިން އަތުން މަސް ގަންނާނީ މަސް ކިލޯއެއް(1 ކިލޯއިން މަތީގެ) 16 ރުފިޔާގެ ރޭޓުން ކަމަށާއި، މަސް ގަނެފަ ވަގުތުން ފައިސާދޭގޮތަށްކަމަށް އެކުންފުނިން ބުންޏެވެ.

އޯޝަން ހަންޓާ ފިޝަރީޒްއިން ރ އަތޮޅުގައި މަސް ގަންނަން ބޭނުންކުރާ އުޅަނދަކީ މީގެކުރިން މަސްވެރިކަން ކުރަން ބޭނުންކުރަމުން އައި އުޅަނދެއްނަމަވެސް، އެ އުޅަނދު ވަނީ މިއޮޕަރޭޝަނަށް ފުރިހަމަޔަށް ތައްޔާރުކޮށްފަ އެވެ.އެ ކުންފުނިން އަމާޒު ހިފާފައިވަނީ 28-30 ޓަނު މަސް ބަރުކޮށްގެން ކޮންމެ 3 ދުވަހަކުން ހިންމަފުއްޓަށް ގޮސް އޯފްލޯޑްކުރާގޮތަށެވެ.

އޯޝަން ހަންޓާ ފިޝަރީޒްއަކީ މަސްވެރިން އަތުން މަސްގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓްކުރަމުން އަންނަތާ 12 އަހަރުވެފައިވާ ކުންފުންޏެކެވެ. މީގެކުރިން އެކުންފުނިން ގަންނަމުން އައީ ކަންނެއްޔެވެ. އެހެންނަމަވެސް، މި ދުވަސްވަރު ކަންނެލި ލިބުމުގައި ދަތިތަކެއް ހުރުމާއެކު ކަޅުބިލަމަސް ގަންނަން ފެށީކަމަށާއި، ރ.އަތޮޅުގައި މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަންގައި ކުދި ކަންނެލިވެސް ގަންނާނެކަމަށް އެކުންފުނިން ބުންޏެވެ.

އޯޝަން ހަންޓާ ޕްރައިވެޓް ލިމެޓެޑަށް މަސް ކިރަން ބޭނުންވާ އޮޑިފަހަރުން 7786722 ނަންބަރަށް ގުޅާލުމުން މަސްކިރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް އެކުންފުނިން ބުންޏެވެ.

މިލިޔުމާއި ގުޅޭ