back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯއިން 37 އޮޑިއަކަށް 4 މިލިއަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މިދިޔަ ބުރާސްފަތި ދުވަހު މަސް އޮޑިފަހަރުން ގަތްމަހުގެ އަގަށްވާ ފައިސާ ދައްކައިފި އެވެ.

މިިދިޔަ ބުރާސްފަތި ދުވަހު 37 އޮޑިއަކުން 4.9 މިލިއަން ރުފިޔާގެ މަސް މިފްކޯއިން ގަނެފައި ވެއެވެ. މިފްކޯއިން މިއަދު ބުނީ، އޮޑިފަހަރުން ގަތްމަހުގެ އަގަށްވާ ފައިސާގެ ތެރެއިން، އޮޑިފަހަރުން މިފްކޯގެ ފެސިލިޓީތަކުން ކްރެޑިޓަށް ނަގާފައިވާ ތެލާއި އައިހުގެ އަގު އުނިކުރުމަށްފަހު، މިއަދު 4 މިލިއަން ރުފިޔާ އޮޑިފަހަރަށް ދޫކޮށްފައިވާކަމަށެވެ.

މިިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުން ފެށިގެން، މިފްކޯގެ ފެސިލިޓީތަކަށް މަސްވެރިން މަސް ކިރާތާ 48ގަޑީއިރުގެތެރޭގައި ފައިސާ ދޫކުރަން ފަށާފައިވާއިރު، އެދުވަހުން ފެށިގެން ގަވައިދުން ދަނީ ފައިސާ ދޫކުރަމުންނެވެ. ހުކުރު ދުވަހަކީ އާދައިގެ މަތިން މަސްކިރާ ދުވަހަކަށް ނުވާތީ ”48ގަޑީއިރުގެ ޕްލޭން“ ގެ ދަށުން އާދީއްތަ ދުވަހު ފައިސާ ދުލެއް ނުކުރާނެއެވެ.

މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު 379 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ވެއެވެ. އެއީ، ޖެނުއަރީ މަހު 177 މިލިއަން ރުފިޔާ، ފެބްރުއަރީ މަހު 120 މިލިއަން ރުފިޔާ އަދި މަރޗްމަހު 81.9 މިލިއަން ރުފިޔާ އެވެ.

މަރޗްމަހު ދޫކުރި ފައިސާ އަދަދު މަދުވެފައިވަނީ، ރޯދަމަހާ ދިމާވުމުން ގިނަ އޮޑިތައް މަސް ނުނިކުންނާތީ އެވެ. މަސްވެރިންގެ އާދަކާދަ ހުންނަގޮތުން، ރޯދަމަހުގެ ފުރަތަމަ 10 ދުވަހާއި،ފަހު 10 ގައި އަދި އީދުގައި ބައެއް އޮޑި ފަހަރުތައް މަހަށް ނުނިކުމެއެވެ. އެހެންނަމަވެސް އީދަށް ފަހު ގިނަ އޮޑިފަހަރު މިހާރު މަހަށް ނިކުންނަން ފަށާފައިވާއިރު، ކުރިޔަށް އޮތް ހަފުތާގައި މިފްކޯއަށް މަސްލިބޭވަރު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ. މިދިޔަ ބުރާސްފަތި ދުވަހަކީ މިދިޔަ 10 ދުވަހަށް ބަލާއިރު އެންމެ ގިނަ އޮޑިފަހަރު މިފްކޯއަށް މަސް ކިރި ދުވަހެވެ.

މިލިޔުމާއި ގުޅޭ