back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރަމަޟާންމަހު މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނީ ރޭގަނޑު

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ގޭބިސީތަކަށް ބަހާ މަސްދަޅު ކޭސް ރަމަޟާން މަހު ދޫކުރާނީ ރޭގަނޑުގެ ވަގުތުގައި ކަމަށް އެކަން އިންތިޒާމުކުރަމުން އަންނަ ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވުޒާރާއިން ބުނެފި އެވެ.

އެވުޒާރާއިން މިކަމާގުޅޭގޮތުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުން އަންނަ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ބަހަމުންދާނީ ރޭގަނޑު 09:30 އިން 11:30 އަށްކަމަށެވެ. އަދި މަސްދަޅު ކޭސްތައް ބަހާނީ ކުރިންވެސް އެކަމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުން ކަމަށްވެސް ބުނެފައި ވެއެވެ.

އިއުލާނުގައިވާގޮތުން މިރޭވެސް މަސްދަޅު ކޭސް ދޫކުރާނީ ރޭގަނޑު 09:30 އިން 11:30 އަށެވެ. އަދި މާދަމާ ދޫނުކުރާނެކަމަށްވެސް ބުނެފައި ވެއެވެ.

ސަރުކާރުން ގޭ ބިސީތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުން އަންނަ މަސްދަޅު ކޭސްތައް މާލެ ސަރަހައްދަށް ދޫކުރަން ފެށީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މަސްދަޅު ދޫކުރަނީ އެކަމަށް ކަނޑައަޅާފައިވާ 13 މަރުކަޒަކުންނެވެ. މަސްދަޅު ދޫކުރަނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ޕޯޓަލް އިން ކުރިޔާލާ ޓޯކެން ނަަގައިގެންނެވެ. ސަރުކާރުން ބުނެފައިވަނީ ރަމަޟާން މަސް ފެށުނުނަމަވެސް، މާލެ ސަރަހައްދުގެ ހުރިހާ ގޭބިސީތަކަށް މަސްދަޅު ކޭސް ބަހާ ނިމެންދެން އިންތިޒާމުތައް ކުރިޔަށްގެންދާނެކަމަށެވެ.

ރޯދަ ހަދިޔާއަކަށް ކޮންމެ ގޭ ބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. އެވައުދުފުޅާ އެއްގޮތަށް ގޭ ބިސީތަކަށް ހަދިޔާ ކުރަމުންދަނީ މިފްކޯގެ ފަސްމީރު ބްރޭންޑްގެ ތެލުގައި ރައްކާކޮށްފައި ހުންނަ 180ގ ބަރުދަނުގެ 48 މަސްދަޅުގެ ކޭހެކެވެ.

މިލިޔުމާއި ގުޅޭ