back to top
29 C
Malé
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގެމަނަފުށީ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެސް އައިސް ދޫކުރަން ފަށައިފި

ގއ. ގެމަނަފުށީގައި ތަރައްގީ ކުރި އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް އައިސް ދޫކުރަން މިއަދު ފަށައިފި އެވެ.

ގެމަނަފުށީ އައިސް ޕްލާންޓް ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފްއެވެ. އައިސް ޕްލާންޓުގެ އޮޕަރޭޝަން ފަށްޓަވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާލަސުބްރަމާނިއަން އެވެ.

ގެމަނަފުށީ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނައުން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އިންޑިއާގެ އެގްޒިމް ބޭންކްގް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ތަރައްގީކުރި މި އައިސް ޕްލާންޓް ދިވެހި ސަރުކާރާއި ރަސްމީކޮށް ހަވާލުކުރީ މިއަދު ގެމަނަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަމްއާއި މިފްކޯއާއި، ގެމަނަފުށީގެ މުއައްސަސާތަކާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ގެމަނަފުށީގައި އައިސް ޕްލާްންޓް ތަރައްގީކުރުމުމުގެ މަޝްރޫއުގެ މަސައްކަތް ކުރީ އިންޑިއާގެ ރައިނެކް ކުންފުނިންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 18 ޖެނުއަރީ 2023 ގައެވެ. މިއީ، 1.3މިލިއަން ޑޮލަރު ނުވަތަ 20މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގެމަނަފުށީގައި އަލަށް ގާއިމްކުރި މި އައިސް ޕްލާންޓުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ބްލޮކް އައިސް އުފެއްދޭނެއެވެ. އަދި 100 ޓަނުގެ އައިސް ރައްކާކުރެވޭނެއެވެ. މި އައިސް ޕްލާންޓް ހިންގަނީ މިފްކޯއިންނެވެ. ގެމަނަފުށީ އައިސް ޕްލާންޓުން މިއަދު އައިސްދޫކުރީ ހިލެއެވެ.

މިލިޔުމާއި ގުޅޭ