back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ޝަންހާއީ ޔުނިވަސިޓީން ފިޝަރީޒް މިނިސްޓްރީއަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކޮށްފި

ޗައިނާގެ ޝަންހާއީ ޔުނިވަސިޓީން، ފިޝަރީޒް މިނިސްޓްރީއަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ، ޗައިނާގެ ޝަންހާއީ ޔުނިވާސިޓީގެ ނައިބު ރައީސް އެ ޔުނިވާސިޓީގެ ކުރީގެ ދަރިވަރު އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހްމަދުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ، ޝަންހާއީ ޔުނިވާސިޓީން ފިޝަރީޒް މިނިސްޓްރީއަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން، ފިޝަރީޒް މިނިސްޓްރީއަށް ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ތައުލީމުގެ ފުރުސަތުތައް ހިމެނޭ ގޮތަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ.

ޑރ . އަމްޒަތު މަތީ ތައުލީމު ހާސިލު ކުރައްވާފައިވަނީ ޝަންހާއީ ޔުނިވަސިޓީންނެވެ. އެގޮތުން އެކައުންޓިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ، މެނޭޖްމަންޓް އެކައުންޓިން އިން މާސްޓާސް އަދި މެނޭޖްމަންޓް ސައިންސް އެންޑް އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވީ އެ ޔުނިވަސިޓީންނެވެ.

މިލިޔުމާއި ގުޅޭ