back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރޭ ބަންޑުން ޖަހާލި ”ނަފާ“ ދޯނި އަދިވެސް ނުފެނޭ

ރޭގެ ވަގުތެއްގައި ބަންޑުން ޖަހާލި ”ނަފާ“ ދޯނި މިހާތަނަށް އާއިރު ފެނިފައި ނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.

މާލެއިން މުދާ ބަރުކޮށްގެން ކ. މާފުށްޓަށް ދަތުރުކުރަމުން ދަނިކޮށް އެ ދޯނި ބަންޑުން ޖަހާލާފައިވަނީ ރޭގެ ވަގުތެއްގައި ވައްމާފުށީގެ އުތުރުން 0.33 ނޯޓިކަލް މޭލު ބޭރުންނެވެ. އެމްއެންޑީއެފް އިން ބުނީ ”ނަފާ“ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަކަމަށާއި، މިހާތަނަށް އާއިރު އެ ދޯނި ފެނިފައި ނުވާކަމަށެވެ.

”މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދޯނި ފެނިފައެއް ނުވޭ، ނަމަވެސް ދޯނީގެ ސާމާނުކަމަށް ލަފާކުރެވޭ ބައެއް ތަކެތި ކަނޑުމަތިން ދަނީ ފެންނަމުން.“ އެމްއެންޑީއެފް އިން ބުންޏެވެ.

ދޯނި ބަންޑުން ޖަހާލި ސަރަހައްދު ދައްކުވައިދޭ ޗާޓެއް/ ފޮޓޯ:އެމްއެންޑީއެފް

ރޭ ”ނަފާ“ ދޯނި ބަންޑުން ޖަހާލި ވަގުތު އޭގައި ތިބި 3 މީހުން ވަނީ ފަތާފައިގޮސް މާފުށި ކައިރީގައި އަޅާފައި އޮތް ސަފާރީ އަކަށް އަރާފައެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މީގެ ކުރިން ބުނެފައި ވެއެވެ.

މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ރޭ އިލްތިމާސްކޮށްފައި ވެއެވެ.

މިލިޔުމާއި ގުޅޭ