back to top
29 C
Malé
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ކުމުންދޫން ބިން ކުއްޔަށް ދޫކުރަނީ

ހދ. ކުމުންދޫގައި، މަސް ކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރާ ބިންތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަސް ކައްކައި މަސްވެރިކަމާއި ގުޅޭ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް ނިންމާފައިވަނީ ހދ. ކުމުންދޫގެ ބިނާވެށި ޕްލޭންގައިވާ ސިނާއީ ބިމުގެ ސަރަޙައްދުންނެވެ. އެގޮތުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކުމުންދޫގެ ބަނދަރު ސަރަޙައްދުގައިވާ އެމްޓީސީސީ ސައިޓްގެ އިރުމަތި ފަރާތުން 4000 އަކަފޫޓުގެ 2 ބިމެވެ. މި ބިންތައް ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 30 އަހަރު ކަމަށާއި، ބިމުގެ އަގުގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ މަހަކަށް އަކަފޫޓަކަށް 10 ލާރިކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ހދ. ކުމުންދޫ ކައުންސިލުން އިއްޔެ ވަނީ މި ބިންތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހަޅާ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ނެގުމަށް ބޭނުންވާ ބިމަކަށް ވަކި ޕްރޮޕޯސަލް ފޮތެއްގެ ގޮތުގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޕްރޮޕޯސަލަށް ރަޖިސްޓްރީކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ޕްރޮޕޯސަލް ހުށަހަޅާ ފޯމު ގަނެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފޯމު ގަތުމަށް ބޭނުންވާ ފަރާތްތަކަށް https://forms.office.com/r/vGi525TYBS މި ލިންކް މެދުވެރިކޮށް ނުވަތަ projects@kumundhoo.gov.mv އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ވެވެއެވެ. ޕްރޮޕޯސަލް ހުށަހަޅާ ފޯމެއްގެ އަގަކީ 500 ރުފިޔާ އެވެ.

ޕްރޮޕޯސަލް ހުށަހަޅަން އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާ ފޯމާއެކު ކައުންސިލުން މިކަމާގުޅޭގޮތުން އާންމުކޮށްފައިވާ ޢިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހުprojects@kumundhoo.gov.mv  އީމެއިލް މެދުވެރިކޮށް ނުވަތަ ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލަށް 18 މާރިޗް 2025 ގެ 12:00 ގެ ކުރިން ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. ކައުންސިލުން ބުނީ، ޕްރޮޕޯސަލް ދިވެހި ކޮންމެ ރައްޔިތަކަށާއި ދިވެހި ވިޔަފާރިތަކަށް ހުށަހެޅޭނެކަމަށެވެ.

ކުއްޔަށް ދޫކުރާ ބިމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން mv.gov.kumundhoo@Projects އަށް އީމެއިލް ކުރުމުން ސުވާލުތަކުގެ ޖަވާބު އެފަރާތްތަކަށް ފޯރުކޮށްދެވޭނެކަމަށް ކައުންސިލުން ބުންޏެވެ. އަދި، ފޯނުން ނަމަ 6520034 އަށް ގުޅާލުމުން މަޢޫލޫމާތު ފޯރުކޮށްދެވޭނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ