back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގދ. ދިގެލާބާދޫ ބޭރުގައި އަލަށް ވަދު ކަނދުފައްޗެއް އަޅައިފި

ގދ. ދިގެލާބާދޫ ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.

އެ ސަރަހައްދުގައި މިއަދު އަލަށް ގާއިމުކުރި މި ވަދު ކަނދުފަތި އަޅާފައިވަނީ ގދ. ދިގެލާބަދޫގެ ހުޅަނގު ދެކުނުން 5 މޭލު ބޭރުގައެވެ.

ވަދު ކަނދުފަތީ ނަންބަރަކީ P09V02 އެވެ.

މި ކަނދު ފައްޗަކީ ފިޔޯރީ ސްޕޯޓްސް ފިޝިން ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނާއި އެ ސަރަހައްދުގެ އެހެންރަށްރަށުގެ ޒުވާނުންނާއި، ވަދު މަސްވެރިންގެ އެދުމުގެ މަތިން ފިޝަރީޒް މިނިސްޓްރީން ގާއިމުކޮށްދިން ކަނދު ފައްޗެކެވެ.

ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.

މިއަދު މި އެޅި ކަނދުފައްޗާއެކު ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ކަނދުފަތީގެ އަދަދު ވަނީ 28އަށް އަރާފައެވެ.

މިލިޔުމާއި ގުޅޭ