back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސަރުކާރުން ހަދިޔާކުރާ މަސް ދަޅު މާލޭގެ ފަނަރަ ހާސް ގޭބިސީއަކުން ނަގައިފި

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުން އަންނަ މަސްދަޅު ކޭސް މާލެ ސަރަހައްދުގެ 15،000 ގޭ ބިސީއަކުން ނަގައިފި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ގާއިމުކޮށްފައިވާ 13 މަރުކަޒުން މިހާތަނަށް ޖުމްލަ 15،000 މަސްދަޅު ފޯރުކޮށްދެވިފައިވާކަން ހާމަކުރައްވާފައިވަނީ އަންމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރުގެ ޕޯސްޓުގައި، މަސްދަޅު ކޭސް ބެހުމަށް މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި އެކަން ކުރިޔަށްދާކަން އުފަލާއެކު ފާހަގަކުރައްވައި ވިދާޅުވެފައިވަނީ ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދަވާނެކަމަށެވެ. އަދި މާލެ ސަރަހައްދުގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބެންދެން އިންތިޒާމުތައް ކުރިޔަށްގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

”ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ.“ ވަޒީރު ވިދާޅުވެފައި ވެއެވެ.

މާލެ ސަރަހައްދަށް މަސްދަޅު ކޭސް ބަހަން ފެށީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މިހާރު މަސްދަޅު ކޭސް ދޫކުރަނީ އެކަމަށް ކަނޑައަޅާފައިވާ ޕޯޓަލްއިން ކުރިޔާލާ ޓޯކެން ނަގައިގެންނެވެ. އެހެންކަމުން ގޭބިސީތަކުން މަސްދަޅު ކޭސް ބަލައިދާ ފަރާތްތަކަށް މިހާރު ވަރަށް ލުއި ފަސޭހަކަމާއެކު ޓޯކެން ތަރުތީބުން މަސްދަޅު ނެގެއެވެ.

ރޯދަ ހަދިޔާއަކަށް ކޮންމެ ގޭ ބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. އެވައުދުފުޅާ އެއްގޮތަށް ގޭ ބިސީތަކަށް ހަދިޔާ ކުރަމުންދަނީ މިފްކޯގެ ފަސްމީރު ބްރޭންޑްގެ ތެލުގައި ރައްކާކޮށްފައި ހުންނަ 180ގ ބަރުދަނުގެ 48 މަސްދަޅުގެ ކޭހެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި މިހާރު ދަނީ މަސްދަޅު ކޭސް ބަހަމުންނެވެ.

މިލިޔުމާއި ގުޅޭ