back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބަނޑިދޫ އައިސް ޕްލާންޓްގެ ބިންގާ އަޅައިފި

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓެމެންޓް ޕްރޮގްރާމް(ޕީއެސްއައިޕީ) ގެ ދަށުން ދ.ބަނޑިދޫގައި އަޅާ އައިސް ޕްލާންޓްގެ ބިންގާ އަޅައިފި އެވެ.

މި އައިސް ޕްލާންޓްގެ ބިންގާ އެޅީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުުޅުގައި، ދ.ބަނޑިދޫއަށް ކުރެއްވި ޒިޔާރަތުގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި އައިސް ޕްލާންޓްގެ ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)ގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފްއެވެ. ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ބަނޑިދޫ އައިސް ޕްލާންޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ.‏. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެންނެވި/ ފޮޓޯ: ރައީސް އޮފީސް

ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އައިސް ޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވަނީ 24 ސެޕްޓެމްބަރ 2024ގައެވެ. އެ އެއްބަސްވުމުގެ 8 މިލިއަން ރުފިޔާގެ މި މަސައްކަތް މިފްކޯއިން 8 މަސް ދުވަހުގެތެރޭގައި ނިންމަންޖެހެއެވެ.

ބަނޑިދޫގައި ތަރައްޤީކުރާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ ޓިއުބް އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭވަރުގެ އައިސް ޕްލާންޓެކެވެ.

އައިސް ލިބުމުގައި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އައިސް ޕްލާންޓް ނެތް ސަރަހައްދުތައް ބަލައި އައިސް ޕްލާންޓްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރު އޮޕަރޭޝަން ހުއްޓިފައި ހުރި އައިސް ޕްލާންޓްތައް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ސަރުކާރާއި މިފްކޯ ގުޅިގެން ދަނީ ކުރަމުންނެވެ.

މިލިޔުމާއި ގުޅޭ