back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިއަދުން ފެށިގެން މަސްދަޅު ކޭސް ބަހަނީ ރޭގަނޑު

ރޯދަ ހަދިޔާގެގޮތުގައި ސަރުކާރުން ގޭބިސީތަކަށްދޭ މަސްދަޅު ކޭސް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ބަހާނީ ރޭގަނޑުގެ ވަގުތުގައިކަމަށް އާންމު މަސައްކަތާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝާރީފް ވިދާޅުވީ، ދުވާލުގެ ވަގުތުތަކުގައިވެސް މަސްދަޅު ކޭސް ބަހަން ކުރިންް ރާވާފައި އޮތް ނަމަވެސް މި ދުވަސްވަރަކީ ހޫނުގަދަ ދުވަސް ވަރަކަށްވާތީ މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް މަސްދަޅު ކޭސް ދެން ބަހާނީ ރޭގަނޑު 8.00 ން 12.00 ށް ކަމަށެވެ.

އާންމު ފަރާތްތަކަށް ލުއި ފަސޭހަ ކަމާއެކު މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތައްވެސް އިތުރުކޮށް، ކޮންމެ މަރުކަޒަކުންވެސް ވަކި އަދަދަކަށް ނަންބަރު ދޫކުރާގޮތަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން 13 މަރުކަޒެއް ގާއިމުކޮށްފައި ވެއެވެ.

މަސްދަޅު ކޭސް ދޫކުރާ މަރުކަޒުތަކާ ދޫކުރާ ނަންބަރުގެ އަދަދު:

  • މިފްކޯ ކޮމްޕްލެކްސް (200 ނަންބަރު)
  • އެމް.ޓީ.ސީ.ސީ ސޯމިލް (200 ނަންބަރު)
  • ހެންވޭރު ދަނޑު (100 ނަންބަރު)
  • ގަލޮޅު ދަނޑު – ސެޓަޕް 1(50 ނަންބަރު)
  • ގަލޮޅު ދަނޑު – ސެޓަޕް 2(50 ނަންބަރު)
  • ގަލޮޅު ދަނޑު – ސެޓަޕް 3(50 ނަންބަރު)
  • ގަލޮޅު ދަނޑު – ސެޓަޕް 4(50 ނަންބަރު)
  • ސޯޝަލް ސެންޓަރު (100 ނަންބަރު)
  • ވިލިމާލެ – ވެމްކޯ ސައިޓް(100 ނަންބަރު)
  • ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ(100 ނަންބަރު)
  • ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)(100 ނަންބަރު)
  • ހުޅުމާލެ – ހިޔާ ޓަވަރު 10(100 ނަންބަރު)
  • ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް(100 ނަންބަރު)
    ރޯދަ ހަދިޔާގެ ގޮތުގައި މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު އެކަނިވެސް 9394 ގޭބީސީއަކަށް މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ. ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހުރިހައި ގޭބިސީތަކަކަށް މަސްދަޅުކޭސް ބަހާ ނިމެންދެން އެ މިނިސްޓްރީން މަސްދަޅު ކޭސް ބެހުމުގެ ކަންކަން ކުރިޔަށް ގެންދާނެކަމަށެވެ. މަސްދަޅުކޭސް ބަލައި ދާފަރާތުން އައި.ޑީ.ކާޑާއި އެއްމަހުގެ ކަރަންޓު ބިލް ގެންދަން ޖެހެއެވެ. އަދި، އެއް ފަރާތަށް 3 ގޭބިސީއެއްގެ މަސް ދަޅު އެއްފަހަރާ ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ

މިލިޔުމާއި ގުޅޭ