އަންނަ ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ ބޮޑު މާހެފުމުގެ ތެރެއިން މަސްރޭހެއް ބާއްވަން އުނގޫފާރު ކައުންސިލުން ނިންމައިފި އެވެ.
އެކައުންސިލުން ބުނީ، 1445 ވަނަ ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ހުރިހާ މުއައްސަސާތައް ގުޅިގެން ބާއްވާ ބޮޑު މާހެފުމުގެ ތެރެއިން އުނގޫފާރު ކައުންސިލާއި އުނގޫފާރު ޕޮލިސްޓޭޝަން ގުޅިގެން އުނގޫފާރުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ދެޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށް މަސްރޭހެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައި ވާކަމަށެވެ.
މި މަސްރޭހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗު 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ. މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.