back to top
30.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ޅޮހީ އައިސް ޕްލާންޓަށް ކުރިމަތިވަމުން އަންނަ މައްސަލައަށް މިއަރުތެރޭ ދާއިމީ ހައްލެއް ގެނެސްދޭނަން: މިނިސްޓަރު ޝިޔާމް

ނ. ޅޮހީ އައިސް ޕްލާންޓަށް ކުރިމަތިވެފައިވާ މައްސަލައަށް މިއަހަރުތެރޭ ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރާ ސުވާލުކުރެއްވުމަށް ލިބުނު ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ޅޮހީ އައިސް ޕްލާންޓްެ އޮޕަރޭޝަނަށް ގެނެވޭ ތާރީޚެއް ސާފުކުރެއްވުމަށް ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު އައްބާސްގެ ސުވާލުގައި، ނ.ޅޮހީ އައިސް ޕްލާންޓް ހުއްޓިފައި ހުންނަތާ ތިން މަސް ދުވަސްވެފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ޅޮއްސަކީ ކައިރި ރިސޯޓްތަކަށް ފަރުމަސްވެރިކަންކުރާ 60 އަށްވުރެ ގިނަ ޑިންގީ އަދި ބޮޑެތި މަސްދޯނި ހަރަކާތްތެރިވާ ރަށަކަށްވެފައި، ޅޮހީގެ އައިސް ޕްލާންޓްއަށް ކުރިމަތިވެފައިވާ މައްސަލައަށް އަވަސް ހައްލެއް ގެެނެސްދިނުމަށް މަސްވެރި އާއިލާ ވަރަށް ބޮޑަށް އެދޭކަަމަށް ވިދާޅުވި އެވެ.

ޖަވާބުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ތިން ހަތަރު ފަހަރެއްގެ މަތިން މިފްކޯގެ ޓެކްނީޝަނުން ޅޮހީ އައިސް ޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތްކުރި ކަމަށާއި، މިހާރުވެސް އެ މަސައްކަތުގައި މިފްކޯގެ ޓީމެއް ޅޮހީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންނަމަވެސް އައިސް ޕްލާންޓަށް ޖެހިފަ ހުރި މައްސަލަތައް ބޮޑުކަމުން އައިސް ޕްލާންޓް އޮޕަރޭޝަނަށް ނުގެނެވި ލަސްވަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ހުރި އައިސް ޕްލާންޓް މަރާމާތުކުރަން ވެއްޖެނަމަ، އައިސް ޕްލާންޓެއްގެ އަގު ގާތްގަނޑަކަށް އެތަނަށް ހޭދަކުރަން ޖެހޭކަމަށެވެ. އަދި، ޅޮހީގެ އައިސް ޕްލާންޓަކީ އެސަރަހައްދުގެ މަސްވެރިން ބޭނުންކުރާ އައިސް ޕްލާންޓަކަށްވާތީ މިއަހަރުތެރޭ އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިލިޔުމާއި ގުޅޭ