މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޕީޕީޖީ މޮޅު މެރިން ދަވާދުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
”ޕީޕީޖީ ވީކް“ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ލޯންޗްކުރީ މިހާރު ކުރިޔަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ. ޕްރޮމޯޝަން ލޯންޗްކޮށްދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ.
އެމްޓީސީސީ ކަށަވަރު ޓީމުން ބުނީ، މި ޕްރޮމޯޝަން މިއަދުން ފެށިގެން މިމަހުގެ 13 ހަމަޔަށް ކުރިޔަށް ގެންދާނެކަމަށެވެ. އަދި މިމުއްދަތުގައި ޕީޕީޖީ ބްރޭންޑްގެ ދަވާދުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެކަމަށެވެ. އެގޮތުން މި ހަފްތާގެ ތެރޭގައި އެމްޓީސީސީން ކަށަވަރުން ގަންނަ ޕީޕީޖީ ދަވާދުން %8 އާ ހަމަޔަށް ޑިސްކައުންޓް ލިބޭނެކަމަށް އެމްޓީސީސީ ކަށަވަރު ޓީމުން ބުންޏެވެ.
އެމްޓީސީސީ ކަށަވަރުން ވިއްކާ މެރިން ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ ޕީޕީޖީ މެރިން ދަވާދުގެތެރޭގައި އެންޓީފޯލިންގ ސިސްޓެމް ހިމެނެއެވެ. އެންޓިފޯލިންގް ސިސްޓަމަކީ މަސްވެރިންނާއި، އޮޑިވެރިންނާއި، އޮޑި ބަންނަ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާ މަގްބޫލު އުފެއްދުމެކެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ޑިސްކައުންޓް ލިބޭ ޕީޕީޖީގެ ދަވާދުގެ ތެރޭގައި، ފްލޯ ޕެއިންޓާއި، ޓޭންކް ކޯޓިންގް ޕެއިންޓާާއި، އޮޑި އަދި ފައިބަރު ދޯންޏަށް ޚާއްސަ ދަވާދާއި،ދަނގަޑު ބާޖްތަކަށް ޚާއްސަ ދަވާދު ހިމެނެއެވެ.
ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން 12:00 އަށް އަދި 01:30 އިން 05:00 އަށް އެމްޓީސީސީ ކަށަވަރު ފިހާރައިން މި ޕެއިންޓްތައް ގަނެލެވޭނެއެވެ.