back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފެލިވަރާއި ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެ: ރައީސް

ރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޅ. ފެލިވަރާއި ގދ. ތިނަދޫގައި ހަދަމުން އަންނަ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމަށްޓަކައި އެމަނިކުފާނު ވައުދުވެފައިވާގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖުގައި ގާއިމްކުރުމާއި، މަސް ޕްރޮސެސިން މަސައްކަތް ކުރުމާއި، ގދ. ތިނަދޫ، މ. މުލައް، ގއ.ކޫއްޑޫ އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ގާއިމްކުރުމުގެ މަސައްކަތް ކުރުމާއި، ހުޅުމާލޭގައި ބޮޑު ކަންނެލި ފެކްޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މި އަހަރު ކުރިއަށްދާނެ ކަމަށެވެ. އަދި އޭގެތެރެއިން،، ފެލިވަރާއި ގދ. ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ބޮޑު ކަންނެލި ފެކްޓަރީއާއި، ހއ. އިހަވަންދޫ އަދި މ. މުލަކުގެ ކޯލްޑް ސްޓޯރޭޖާއި، ފެލިވަރުގެ މަސް ޕްރޮސެސިން ޕްލާންޓުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށެވެ. އަދި ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ގާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖާއި، މަސް ޕްރޮސެސިން ޕްލާންޓުގެ 2027ގެ ކުރީކޮޅު ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ބޭރުގެ ފަންޑިން އޭޖެންސީތަކުގެ އެހީގައި ކުރިޔަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން، ޅ. ފެލިވަރު ކޯލްޑްސްޓޯރޭޖަކީ އިންޑިޔާގެ އެގްޒިމް ބޭންކްގެ ލޯނުގެ އެހީގެ ދަށުން ގާއިމުކުރާ ފެކްޓަރީއެއްކަމަށާއި، މ. މުލައް އަދި ގއ. ކޫއްޑޫގެ މަޝްރޫއު ކުރިޔަށް ގެންދަނީ ސައުދީ ޑެވެލޮޕްމެންޓް ފަންޑްގެ އެހީތެރިކަމާއެކުގައި ކަމަށާއި، އަދި ހއ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖާއި، ހުޅުމާލޭ ކަންނެލި ފެކްޓަރީއަކީ އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކްގެ އެހީއާއެކު ގާއިމުކުރެވޭ ފެކްޓަރީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މީގެ އިތުރުން ގދ. ފިޔޯރީ އާއި، ފ. ނިލަންދޫ މަޝްރޫއު ކުރިޔަށް ގެންދަނީ ޗައިނާ ލޯނުގެ ފެސިލިޓީއެއްގެ ދަށުންކަންވެސް ފާހަގަކުރެއްވި އެވެ.

މިލިޔުމާއި ގުޅޭ