back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އެމްޓީސީސީ ކަށަވަރު ވިޔަފާރި މާދަން ބަންދު!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)ގެ ކަށަވަރު ވިޔަފާރި މާދަން ބަންދުވާނެކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، ކަށަވަރު ވިޔަފާރި މާދަން ބަންދުކުރަނީ މާދަމައަކީ ބަންދު ދުވަހެއްގައި ސަރުކާރުން ކަނޑައަޅާފައިވާތީ ކަމަށެވެ. އަދި އެމްޓީސީސީ ކަށަވަރުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ މައުލޫމާތެއް ބޭނުންވެއްޖެނަމަ އެ ކުންފުނީގެ ހޮޓްލައިން 1650އަށް ގުޅާލުމަށް ކަސްޓަމަރުންގެ ކިބައިން އެދިފައިވެއެވެ.
އާންމުގޮތެއްގައި ހުކުރުދުވަސް  ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު ހެނދުނު 08:30އިން ހަވީރު 05:00އަށް އެމްޓީސީސީ ކަށަވަރު ފިހާރަ ހުޅުވައި ޚިދުމަތްދެެއެވެ.

އެމްޓީސީސީ ކަށަވަރުގެ އުފެއްދުންތަކާއި ބްރޭންޑްތަކަކީ މެރިން އަދި މަސްވެރިކަމުގެ ސިނާއަތުގެ ބައިވެރިންގެ އިތުބާރު ހޯދާފައިވާ، ދިިވެހި މާކެޓުގައި ހިނގާ، އަދި ރާއްޖޭގެ އިޤްތިޞާދީ އެކި ދާއިރާތަކުގައި މުހިންމު ދައުރެއް އަދާކުރާ އުފެއްދުންތަކެކެވެ. އެމްޓީސީސީ ކަށަވަރުން ޔަންމާ އިންބޯޑް އިންޖީނާއި، ސުޒުކީ އައުޓްބޯޑް އިންޖީނާއި، ކެސްޓްރޯލް ލުބްރިކަންޓްސް އާއި މެރޯލް ސްޓިއަރިން ސިސްޓަމް ފަދަ އުފެއްދުންތައް ވިއްކައެވެ. އަދި މެރިން ދާއިރާއަށް ބޭނުންވާ ހެވީ މެޝިނަރީތަކާއި އެހެނިހެން ތަފާތު އުފެއްދުންތައް ވެސް ފޯރުކޮށްދެއެވެ.

މިލިޔުމާއި ގުޅޭ