back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ހުޅުމާލޭގައި ގާއިމުކުރާ ކަންނެލި ބަންދުކުރާ ފެސިލިޓީގެ މަސައްކަތްތަކާ ގުޅޭ މަޝްވަރާއެއް!

ހުޅުމާލޭގައި ގާއިމުކުރަން ނިންމާފައިވާ ކަންނެލި ބަންދުކުރާ ފެސިލިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފްގެ އިތުރުން މިނިސްޓްރީއާއި އެޗްޑިސީގެ ބައެއް އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި، ކަންނެލި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހުޅުމާލޭގައި ޤާއިމުކުރެވޭ ކޯޕެކިން ފެސިލިޓީއާއި، މަސްމާރުކޭޓުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އެގޮތުން ފެސިލިޓީ އެޅުމަށް އެޗްޑީސީން ހަމަޖައްސައިދީފައިވާ 25،000އަކަފޫޓްގެ ބިމުގައި މިހާރު ހުރި އެހެނިހެން ޚިދުމަތްތައް އެހެންތަނަކަށް ބަދަލުކޮށް ބިން ހުސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ. މި ފެސިލިޓީ ހަދަން ހަމަޖެހިފައިވާ ބިމުގައި މިހާރު މަސް މާރުކޭޓަކާއި ކެފޭއެއް ހިންގަމުން ދެއެވެ.

ހުޅުމާލޭގައި ގާއިމުކުރާ 35ޓަނުގެ ކަންނެލި ޕްރޮސެސްކުރެވޭ ފެސިލިޓީއަކީ، ކ. ކަނޑުއޮތްގިރި ފިޝް ވިލެޖް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)ގެ ބޭނުމަށް ދޫކޮށްލުމަށްފަހު، އޭގެ ބަދަލުގައި ގާއިމުކުރާތަނެވެ.މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެއްގެގޮތުގައި ބޭނުންކުރަމުންދިޔަ، ކަނޑުއޮތްގިރި އެމްއެންޑީއެފްއާ ހަވާލުކުރަން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ސަރުކާރުން ނިންމުމާއެކު، އެތަން ހުސްކޮށް އޮކްޓޯބަރުމަހުގެތެރޭގައި އެ ރަށްވަނީ އެމްއެންޑިއެފްއާ ހަވާލުކޮށްފަ އެވެ.

 

މިލިޔުމާއި ގުޅޭ