back to top
29.2 C
Malé
29.2 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގައި ޗައިނާއަށް ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރަން ތައްޔާރުވަނީ

މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް މެދުވެރިކޮށް ޗައިނާއަށް ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގައި މިއަދު ބޭއްވި މި މަޝްވަރާގައި މޯލްޑިވިއަން އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އާއި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ(އެމްއެސްއެސް) އާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަޕްލަޔަރުން ބައިވެރިވި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި މަޝްވަރާއަކީ މަސްވެރިކަމުގެ ދާއިރާއިން އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް އިތުރުކުރުމަށާއި، އެކްސްޕޯޓްކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މަގްސަދުގައި ބޭއްވެވި ބައްދަލުވުމެއްކަމަށެވެ. އެގޮތުން، މި ބައްދަލުވުމުގައި މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓު މެދުވެރިކޮށް ޗައިނާއަށް ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ޖާގަ ފަހިކޮށްދިނުމާ ބެހޭ ގޮތުން ބައިވެރިންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނުކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ދިވެހިރާއްޖެއިން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާއިރު، އޭގެ ދަށުން ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ސުން ޓެކުހުގައި ޗައިނާއަށް އެތެރެ ކުރެވެއެވެ. ސުން ޓެކުހުގައި ޗައިނާއަށް އެތެރެކުރެވޭ މަހުގެ ތެރޭގައި ފިނިކުރި ނުވަތަ ގަނޑުކުރި ކަޅުބިލަ މަހާއި، ދަޅުމަހާއި، ވަޅޯމަހާއި ލޮނުމަސް ހިމެނެއެވެ. އެހެންކަމުން މޯލްޑިވިއަންގެ ވައިޓް ބޮޑީ އެއަރކްރާފްޓުން މަސް އެކްސްޕޯޓްކުރަން ޖާގަ ލިބިއްޖެނަމަ، މަސް ސަޕްލައިކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ލުއި ފަސޭހަކަމާއެކު ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއަރ ކްރާފްޓް މިވަގުުތު ޗައިނާގެ 3 ސިޓީއަކަށް ހަފުތާއަކު ތާވަލު ތިން ދަތުރުކުރެއެވެ. އެއީ ބެއިޖިންގ، ޗެންދޫ އަދި ޝަންހާއީ އެވެ.

މިލިޔުމާއި ގުޅޭ