back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފުނަދޫގައި ކަނދުފަތި ސެންޓަރު އަޅާ ބިމުގެ ރަޖިސްޓްރީ ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފި

ށ. ފުނަދޫގައި ކަނދުފަތި އުފައްދާ މަރުކަޒު އަޅަން ކަނޑައަޅާފައިވާ ބިމުގެ ރަޖިސްޓްރީ، ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި، ރަޖިސްޓްރީ ހަވާލުކުރެއްވީ ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅެވެ. މިނިސްޓްރީގެ ފަރާތުން ބިމުގެ ރަޖިސްޓްރީއާ ހަވާލުވީ، ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު އެވެ.

މި ބައްދަލުވުމުގައި ށ. ފުނަދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަނދުފަތި އުފައްދާ މަރުކަޒާއި، އައިސް ޕްލާންޓުގެ މަސައްކަތް ހަލުވިކޮށް ނިންމުމާގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފުނަދޫ ކަނދުފަތި ސެންޓަރަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި މަރުކަޒުތަކެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އުތުރުގައި ގާއިމުކުރާ މަރުކަޒެކެވެ. މި މަރުކަޒު އެޅުމަށް ވަކި މުއްދަތެއް ނެތްގޮތަށް 10،000އަކަފޫޓްގެ ބިމެއް ކައުންސިލުން ހަމަޖައްސައި ދީފައިވާއިރު، ބިން ދޫކޮށްފައިވަނީ އަގެއްވެސް ނުނަގާގޮތަށެވެ. މިއީ މާލެއިން ބޭރުގައި ގާއިމުކުރެވޭ ކަނދުފަތި އުފައްދާ ފުރަތަމަ މަރުކަޒެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި އުފައްދާ މަރުކަޒުތަކެއް ގާއިމުކުރަން ސަރުކާރުން ނިންމީ މި ވަގުތު ކަނދުފަތި އުފައްދާ އެންމެ ސެންޓަރެއް ހުރުމާއެކު ރާއްޖޭގެ އެކި ސަރަހައްދުގައި ކަނދުފަތި ގާއިމުކުރުމަށް ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާތީ، އެކަމަށް ގެނެވޭ ހައްލެއްގެ ގޮތުންނެވެ. ދެކުނުގެ ކަނދުފަތި މަރުކަޒު ގާއިމުކުރުމަށް ނިންމާފައިވަނީ ގދ. ވާދޫގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަމުންދާ ކަނދުފަތިތައް، އެފްއޭއޯގެ ފަންނީ އެހީތެރިކަމާއެކު މިވަގުތު ތައްޔާރުކުރަމުންދަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ މަރުކަޒުގައެވެ.

މިލިޔުމާއި ގުޅޭ