back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޫސުން ގޯސްވެ 10 އަތޮޅަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ 10 އަތޮޅަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ނ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ ހަވީރު 03:00 އިން މިރޭ 09:00 އާ ހަމަޔަށެވެ.

މެޓް އޮފީހުން ނެރުނު ސަމާލު ބުނެފައިވަނީ، ސަމާލު ނެރެފައިވާ ވަގުތުގައި، އެއަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި އެއަތޮޅުތަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.

މާދަމާ ހެނދުނު 10:00 އާ ހަމަޔަށް މޫސުން ކުރިޔަށް ލަފާކޮށް، އާންމުކޮށްފައިވާ ނިމުތުގައި ބުނެފައިވަނީ، އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަަމަށް ލަފާކޮށްފައިވަނީ، އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 3 – 6 ފޫޓު އުސްމިނުގަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ބުދަ ދުވަހުގެ ފަހުންކަމަށް ލަފާކޮށް، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މުސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ