ލ. ފަރެސްގައި ދޮށީ މަސްވެރިކަމަށް ބޭނުންކުރާ ދޮށީ ކަނދުފަތި އަޅައިފި އެވެ.
ފަރެސް ކަނދުފަތި އަޅާފައި މިވަނީ އެ ކަނޑައިގެން ގޮއްސަ އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށްނެވެ.
ކަނދުފަތި އެޅީ ކުރިންވެސް ކަނދުފަތި އަޅާފައި އޮތްގޮތަށް އެރަށުގެ ދެކުނުން 10 މޭލު ބޭރުގަ އެވެ.
ދޮށީ ކަނދުފަތި ނަންބަރަކީ، M09D02 އެވެ.
ލ ފަރެސްގައި އެންމެ ފުރަތަމަ ކަނދުފަތި އަޅާފައިވަނީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގަ އެވެ.