back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގައްދޫ އައިސް ޕްލާންޓަށް ތެޔޮ ހޯދައި އޮޕަރޭޝަން ފަށައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ގައްދޫގައި ހިންގަމުން އަންނަ އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް އައިސް ދޫކުރަން ފަށައިފި އެވެ.

މިފްކޯއިން ބުނީ އިއްޔެ އައިސް ޕްލާންޓް ވަގުތީ ގޮތުން ބަންދުކުރީ، އެތަން ހިންގުމަށްް ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) އިން ހޯދި 4 ދުވަހުގެ ޑީސަލް ސްޓޮކް ހީވެސް ނުކުރާ ގޮތަކަށް ޑެލިވަރީކުރުމުގައި ލަސްވުމުގެ ސަބަބުންކަމަށެވެ. އަދި، އެކަން ހައްލުކުރުމުގެ ގޮތުން ބޮޑު އަގުގައި 2000 ލީޓަރުގެ ތެޔޮގަނެ، މިހާރު އައިސް ޕްލާންޓް އޮަޕަރޭޓްކޮށް، މެންދުރު 02:00 އިން ފެށިގެން އައިސް ދޫކުރަން ފަށާފައިކަމަށެވެ.

މިފްކޯއިން ބުނި ގޮތުގައި އެފްއެސްއެމް އިން އޯޑަރު ކުރި ތެޔޮ ސްޓޮކް ލިބޭނެކަމަށް ލަފާކުރެވެނީ މާދަމާގެ ވަގުތެއްގަ އެވެ.

މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވެ ގިނަ އޮޑިފަހަރުތައް ހުވަދު އަތޮޅުގައި މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނައިރު، ކޫއްޑޫއިންވެސް އައިސް ލިބޭނެގޮތެއް ނެތެވެ. އެެހެންކަމުން ހުވަދު އަތޮޅުގައި މިވަގުތު އޮޕަރޭޝަނުގައި ހުރި ތިނަދޫ ފަރެސްމާތޮޑާ އަދި ގައްދޫ އައިސް ޕްލާންޓުން މެދު ނުކެނޑި އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް މަސްވެރިން ބުނެއެެވެ. އަދި އޮޑި ފަހަރަށް ފަސޭހަކަމާއެކު އެއްވެސް ކޮންޓްރޯލެއް ނެތި ތެޔޮ ދޫކުރުމަށްވެސް އޮޑި ފަހަރުން އެދިފައި ވެއެވެ.

މިލިޔުމާއި ގުޅޭ