back to top
28.9 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގައްދޫ އައިސް ޕްލާންޓް ޑީސެލް ނެތިގެން ހުއްޓުމަކަށް!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ގދ ގައްދޫގައި ހިންގަމުން އަންނަ އައިސް ޕްލާންޓުން އަނެއްކާވެސް ހުއްޓުމަކަށް އައިސްފި އެވެ.

ގައްދޫ އައިސް ޕްލާންޓްގެ އޮޕަރޭޝަން މިވަގުތު ހުއްޓިފައިވަނީ، އެތަން ޕްލާންޓް ހިންގަން ބޭނުންވާ ޑީސަލް ނުލިބިގެން ކަމަށް، އެތަނުން ބުންޏެވެ.

ގައްދޫ އައިސް ޕްލާންޓްގެ ކޮންޑެންސަރ ޕަމްޕަށްް ދިމާވި މައްސަލައަކާއި ގުޅިގެން ޚިދުމަތް މެދުކެނޑިފައިވަނިކޮށް އެކަން ހައްލުކޮށް އޮޕަރޭޝަނަށް ގެނައީ މިދިޔަ އަންގާރަ ދުވަހު އެވެ.

ގައްދޫއައިސްޕްލާންޓް ހިމެނޭހެން ހުވަދުއަތޮޅުގައި 11 އައިސްޕްލާންޓް ގާއިމުކޮށްފައި ވެއެވެ. އެހެންނަމަވެސް މިވަގުތު އައިސް ލިބެނީ ހަމައެކަނި ގދ.ތިނަދޫ އަދި ފަރެސްމާތޮޑާ އައިސް ޕްލާންޓުންނެވެ.

ކެޔޮޅުން ބުނީ މަސްވެރިކަން ރަނގަޅުވެ، ގިނަ އަދަދެއްގެ އޮޑިފަހަރު މަހަށް ނިކުމެފައިވާއިރު، ހުވަދޫ ސަރަހައްދުގައި އެ އަތޮޅުގެ އޮޑީގެ އިތުރުން އެހެނިހެން އަތޮޅުތަކުގެ އޮޑިފަހަރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިލިޔުމާއި ގުޅޭ