އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފި އެވެ.
މެންދުރު 12:00 އިން ފެށިގެން ހަވީރު 04:00 އާ ހަމަޔަށް އެ 2 އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްނެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.
މެޓުން ލަފާކުރާގޮތުގައި، ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ އެވެ. ރާޅުނަގާނީ 2-4 ފޫޓު އުސްމިނުގައެވެ.